ads
ހައްޖާޖީންނަށް ސިފައިން އެހީތެރިވަނީ: ފޮޓޯ އިސްލާމިކް މިނިސްޓްރީ
ހަޖާޖީންނަށް އެހީވުމަށް ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
މިއަހަރު ހައްޖުގެ މާތް އަޅުކަމަށްފަހު ދިވެހިރާއްޖެ އަންނަ ހަޖާޖީންނަށް އެހީވުމަށް ސިފައިން ހާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށައިފި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ސިފައިންގެ މި އޮޕަރޭޝަނުގައި 10 ވަރަކަށް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމީހުން އަންނަނީ ހައްޖާޖީންގެ ލަގެޖު ހޯދައިދިނުންފަދަ ކަންކަމުގައި އެހީތެރިވަމުންނެވެ.

"ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި،" ސިފައިން މިއަދު ބުންޏެވެ.

މިއަދު ހެނދުނު އެންމެ ފުރަތަމަ އައީ މަނާސިކް ޕްރައިވެޓް ލިމެޓެޑުން ހައްޖަށް ދިޔަ ހައްޖާޖީންނެވެ. އެމީހުން ފުރާފައިވަނީ ރޭ 19:00 ހާއިރުއެވެ. ދެވަނަ ފުލައިޓުގައި އައީ މޯލްޑުވްސް ހައްޖު ކޯޕަރޭޝަނުގެ ހައްޖުވެރިންނެވެ. އެމީހުން އައީ މިއަދު ހަވީރުއެވެ. 

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. 

ހައްޖުގެ އަޅުކަން ކުރަން ދިޔަ ފަސް މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ. އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. 

ހައްޖުވެރިން އަންނައިރު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

އަމީރުލް ހައްޖުގެ ގޮތުގައި މިއަހަރު ހައްޖަށް ވަޑައިގަތީ ނައިބު ރައީސް ފަައިސަލް އެވެ. އެނަމުކުފާނު ވަނީ މިދިޔަ ހަފްތާތެރޭގައި ރާއްޖެ ވަޑައިގެންފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް