ads
އަޒްޕިލިކުއެޓާގެ ކެޕްޓަން ކަމުގައި ޗެލްސީން 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން
ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ އެތުލެޓިކޯއަށް
ޗެލްސީގެ ކެޕްޓަންކަން ކުރަމުންއައި ސެޒާ އަޒްޕިލިކުއެޓާ، އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ސްޕެއިންގެ ޑިފެންޑަރު ޗެލްސީ ދޫކޮށްލަން ނިންމީ 11 އަހަރު އެކްލަބުގައި ހޭދަކުރުމަށްފަހުއެވެ. އަޒްޕިލިކުއެޓާ އަންނަނީ 2012 އިން ފެށިގެން ޗެލްސީގެ ޑިފެންސް ލައިން ބަލަހައްޓަމުންނެވެ. އޭނާ ޗެލްސީ ދޫކޮށްލީ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައެވެ.

އެތުލެޓިކޯ އާއެކު އަޒްޕިލިކުއެޓާ ހަދާފައިވަނީ އެއް އަހަރުގެ އެއްބަސްވުމެކެވެ.

ޗެލްސީގައި އަޒްޕިލިކުއެޓާ ވަނީ 508 މެޗު ކުޅެ 17 ލަނޑު އެޓީމަށް ޖަހައިދީފައެވެ. މީގެ އިތުރުން އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ލީގު ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ހަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ.

އަޒްޕިލިކުއެޓާގެ އިތުރުން ޗެލްސީގެ ގިނަ ކުޅުންތެރިންތަކެއް އަންނަނީ މި ޓްރާންސްފާ ވިންޑޯގައި ޓީމު ދޫކުރަމުންނެވެ. އެގޮތުން ކައި ހަވާޓްޒް މިހާރު އާސެނަލްއަށް ބަދަލުވެފައި ވާއިރު، މަޓެއޯ ކޮވަކިޗް ވަނީ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ މޭސަން މައުންޓްގެ ސޮއި ހޯދާފައެވެ. 

މީގެ އިތުރުން ޗެލްސީގެ ކީޕަރު އެޑުއާޑޯ މެންޑީ، ކަލިޑޯ ކުލިބަލީ އަދި އެންގޯލާ ކާންޓޭ ވަނީ ސައުދީ ޕްރޯ ލީގުގެ ކްލަބުތަކަށް ބަދަލުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް