ads
ބީއެމްއެލްގެ ސީއީއޯ، ޓިމޮތީ ސޯޔާ އަދި މަޓީގެ ސެކެޓްރީ ޖެނެރަލް، އަހްމަދު ނަޒީރު/ ފޮޓޯ:ބީއެމްއެލް
ރިސޯޓް، ގެސްޓްހައުސްތަކަށް ދެ މިލިއަން ޑޮލަރާ ހަމައަށް ލޯނު ނެގޭ ސްކީމެއް ތައާރަފުކޮށްފި
ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވާ ގޮންޖެހުން ތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކުރު މުއްދަތުގެ ފައިނޭންސިންގް ސްކީމެއް ތައާރަފް ކޮށްފި އެވެ.

ބީއެމްއެލް އިން މި ތައާރަފް ކުރި ލޯނު ސްކީމްގެ ދަށުން ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ދެ މިލިއަން ރުފިޔާ އާހަމައަށް ލޯނު ނެގޭނެ އެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ފައިނޭންސިންގް ސްކީމް އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ، ޓިމޮތީ ސޯޔާ ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ގިނަ ލޮޅުންތަކެއް އަރައިފި ކަމަށާއި، ގައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ވިޔަފާރިތަކަށް އެހީ ވުމަކީ، ބީއެމްއެލްގެ ވާޖިބެއް ކަމުގައެވެ. އަދި ބީއެމްއެލް އިން އަލަށް ތާއަރަފްކުރި މި ޝޯޓް ޓާމް ފައިނޭންސިންގް ސްކީމްގެ ސަބަބުން މިހާރު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ވިޔާފާރި ހިންގުމުގެ ފައިސާއާއި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ފަސޭހައިން ލިބިގެންދާނެ ކަމަށެވެ. 

ޓިމޮތީ ވަނީ މި ލޯނުގެ ސަބަބުން، ވިޔަފާރިތަކަށް އެ މީހުންގެ މުއައްޒަފުންނަށް މުސާރަ ދިނުން ދަތިވެގެން، ވަޒީފާއިން ކަނޑާ ލުން މަދުކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. 

ބީއެމްއެލް އިން ތައާރަފްކުރި މި ލޯނު ސްކީމަކީ ބީއެމްއެލް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ތައާރަފްކުރެވުނު ލޯނު ސްކީމެކެވެ.  

މަޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ނަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ލޮޅުންތަކަކީ ފަހުގެ ތާރިއްހެއްގައި މި ސިނާއަތަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން ކަމަށެވެ. އަދި ބީއެމްއެލް އިން ތައާރަފްކުރި މި ލޯނު ސްކީމުގެ ސަބަބުން މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާ ކުރާ ސިނާއަތެކެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ބައެއް މާކެޓްތަކުން މީހުން ރައްޖެ އައުން މަނާކޮށްފައި ވާއިރު، މި ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު މާކެޓު، ޗައިނާ ވެސް ހިމެނެ އެވެ.

ބީއެމްއެލް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަހުނަކާ ނުލައި ދޫކުރާ ވޯކިން ކެޕިޓަލް ފައިނޭންސިން ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް