ads
ތިލަފުށީގައި އުފައްދާ ޕްރީކާސްޓު ސެގްމަންޓު
ދުނިޔޭގެ އެންމެ އުސް ޕްރިކާސްޓު ސެގްމަންޓު ގުޅީފަޅުގައި އުފައްދަނީ
ގުޅީފަޅާއި މާލެ ގުޅުވާލުމަށް އާޅާ ބުރިޖު ނުވަތަ ކޯޒްވޭއަށް ދުނިޔޭގެ އެންމެ އުސް ޕްރިކާސްޓު ސެގްމަންޓު ގުޅީފަޅުގައި އުފައްދަމުން އަންނަކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ބުރިޖަށް ބޭނުންވާ ޕްރިކާސްޓު ސެގްމަންޓުތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނަކަމަށެވެ. އަދި މިއީ ދުނިޔޭގައި އުފައްދާ އެންމެ އުސް ޕްރީ ކާސްޓު ސެގްމަންޓު ކަމަށެވެ. 

ގްރޭޓާ މާލޭ ކޯޒްވޭ ޕްރޮޖެކްޓުގައި ތިން ބުރިޖާއި، ތިން ކޯޒްވޭއާ، 6695 މީޓަރުގެ މަގު ހަދާނެކަމަށް އިންޑިއާއިން ބުނެއެވެ. 

އަދި ތިލަފުއްޓާއި ހަމައަށް ބުރިޖު ގުޅާ ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2024 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.

މީގެ އިތުރުން ގުޅާލާ ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓާޗޭންޖް ޕޮއިންޓްތަކާއި ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއަކީ 500 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ މެގަ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އިތުރަށް ކުރަން ޖެހޭ ހަރަދުތައް ކުރާނީ ދައުލަތުގެ ބަޖެޓުންނެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް