ads
ފޮޓޯ އަލްޖަޒީރާ
ދުނިޔޭގައި މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު ދުވަހަކީ ބުރާސްފަތި ދުވަސް
ދުނިޔޭގެ ތާރީހުގައި ރެކޯޑު ކުރެވުނު އެންމެ ހޫނު ދުވަހަކީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަސްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާތަކުން ހާމަކޮށްފިއެވެ،

މިގޮތުން މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ޖެހިޖެހިގެން އެންމެ ހޫނު ހަތަރު ދުވަސް ދުނިޔޭގެ ތާރީހުގައި ވެސް އައިސްފައިވާއިރު، އެ ދުވަސްތަކުގެ ތެރެއިން ވެސް އެންމެ ހޫނު ދުވަހަކީ ބުރާސްފަތި ދުވަހެވެ. 

އެ ދުވަހު ވަނީ ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 17.2 ޑިގްރީ ސެލްސިއަސް (62.9 ޑިގްރީ ފެރެންހިޔާ) އަށް އިތުރުވެފައެވެ. 

ނަމަވެސް އޭގެ ސަބަބުން މުޅި ދުނިޔޭގެ އެވަރެޖު ފިނިހޫނު މިނަށް ބަދަލެއް އައިސްފައެ ނުވެއެވެ. 

އުތުރު އެޓްލާންޓިކް ކަނޑުގައި އުފެދިފައިވާ ހޫނު ރާޅު (ހީޓް ވޭވް) އާއި، ޓެކްސަސް އާއި މެކްސިކޯގައި ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ ހޫނު ރާޅާއި، ޗައިނާގައި ރެކޯޑް މިންވަރަކަށް އެރި ހޫނު ރާޅު ފަދަ މޫސުމީ ގޮތުން އިންތިހާއަށް ހޫނު މައްޗަށްދިއުމުގެ ހާދިސާތައް ވެސް ކުރިމަތިވަމުން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންކަމަށް ވެސް ސައިންސުވެރިން ބުނެއެވެ. 

އިންތިހާއަށް ފިނިހޫނުމިން ބަދަލުވުމަކީ މޫސުމީގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކުގެ މިސާލެކެވެ. ގްރީންހައުސް ގޭސް ބޭރުވުން މަދުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ސައިންސުވެރިން އަންނަނީ ގޮވާލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް