ads
'ބިންވެރިޔާ ސްކީމް' ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ހިމެނޭ ޕްލޮޓްތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ:އެޗްޑީސީ
ބިންވެރިޔާ ސްކީމް: ގޯތި ލިބޭ މީހުންނާއެކު ޖޮއިންޓްވެވޭނެ ފުރުސަތު ހުޅުވާލައިފި
ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ސްކީމްގެ ދަށުން ނެރުނު ވަގުތީ ލިސްޓުގައި ގޯތި ލިބޭނެ ކަމަށް ޝަރުތު ހަމަވާ މީހުން، ގޯތި ލިބޭ މީހުންނާ އެކު ޖޮއިންޓްވެގެން ފޯމު ހުށަހެޅޭ ގޮތަށް ސަރުކާރުން ހަދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޯތި ލިސްޓުގައި ހިމެނޭ ”ޝަރުތުހަމަވާ ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތުއޮތް" ފަރާތްތަކުގެ މެދުގައި ބިންވެރިޔާ އުސޫލާ އެއްގޮތަށް ޖޮއިންޓް ވުމަށް ހުޅުވާލާފައިވާ ފުރުސަތުގެ އިތުރަށް، ވަގުތީ ލިސްޓްގައި”ޝަރުތުހަމަވާ ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް“ ސްޓޭޓަސް ގައި ހިމެނޭ ފަރާތްތަކުން ގޯތިލިބޭ ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކާ ޖޮއިންޓް ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މީގެކުރިން ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ކަމަށް ވަގުތީ ލިސްޓުގައި ބުނާ މީހުން އިތުރު ބަޔަކާއެކީގައި ޖޮއިންޓްވުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އޮތީ ހުޅުވާލައިފައެވެ.

އެކަމަކު، އެފަދަ ފަރާތްތަކަށް ވެސް ފޯމް ހުށަހެޅޭނީ ދެ ޝަރުތެއް ފުރިހަމަވާ ނަމައެވެ.

މީގެ އިތުުރުން، މިގޮތަށް ރިކްއެސްޓް ފޮނުވާ ފަރާތަކީ ގޯތިލިބޭ ފޯމުގެ ލީޑިންގ އެޕްލިކަންޓާ ބިންވެރިޔާ އުސޫލުގެ ޖޮއިންޓް ވުމުގެ ޝަރުތުހަމަވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުސަތު 15 ޖުލައި 2023 ގެ 23:59 ނިޔަލަށް ހަމަޖެހިފައިވާނެ ކަމަށެވެ.

މިގޮތުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާންއެދޭ ފަރާތްތަކުން ފޮނުވާ ރިކްއެސްޓް އެކަމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުގެކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓް، އެ ރިކުއެސްޓް ޤަބޫލުކުރުމުން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް