ads
އާދަމް ޝަރީފް މަޖިލިސް ޖަލްސާއެއްގައި
ބާޖު ފިލީ ދައުލަތް ފެއިލްވެފައި އޮތުމުން: އާދަމް ޝަރީފް
ފުވައްމުލަކު ފަރަށް އެރި ބާޖު ފިލީ ދައުލަތް ފެއިލްވެފައި އޮތުމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދަޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ، ބާޖު ފިލައިގެން ދިއުމުން ސަލާމަތީ ބާރުތަކަމެދު ސުވާލު ވެސް އުފެދޭކަމަށެވެ.

"މިއީ ވަރަށް ކަންބޮޑުވާ ކަމެއް. ރާއްޖޭގެ ރަށަކަށް ގެއްލުން ދިނުމަށްފަހު ފިލައިގެންދާން ފުރުސަތު ލިބިގެން ނުވާނެ. މީ ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިފައިވާކަމުގެ ހެކި. ފެއިލްޑް ސްޓޭޓަކުން ފެންނާނެ ކަމެއް.” -އާދަމް ޝަރީފް -

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް، މިދިޔަ ހުކުރު ދުވަހު އެ ރަށުގެ ފަރަށް އެރި މައްސަލަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީ ނުނިމެނީސް، އެ ބާޖު އިއްޔެ ވަނީ ރާއްޖެ އިން ފުރައިގެން ގޮސް ފިލައިފައެވެ. 

އެ މައްސަލައާ ގުޅިގެން އީޕީއޭއިން ބުނީ ، ފަރަށް ނާރާ ކަމަށް ބުނެ، އެ އިދާރާ އަށް އެއްވެސް އެންގުމަކާ ނުލައި މިއަދު ހެނދުނު އެ ބާޖު ރާއްޖެ އިން ފުރައިގެން ގޮސްފައިވާ ކަމަށެވެ. 

އެ ބާޖު ފުރައިގެން ދިޔުމުގައި އެމްއެމް އެކްސްޕޯޓުގެ ރާއްޖޭގެ އެޖެންޓް، މެއިންލައިން ޝިޕިންގެ ބައިވެރިވުން ވެސް އެބައޮތެވެ.

އެކަން ކުރީ އީޕީއޭ އަށް އޮޅުވާލައިގެން ކަމަށް އެ އެޖެންސީން ތުހުމަތުކުރެއެވެ. 

އެމްއެމް އެކްސްޕޯޓްގެ އުޅަނދުފަހަރުތަކުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ ފަޅާއި ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އެ މައްސަލަތަކުގައި އެ ކުންފުންޏާ މެދު އީޕީއޭ އިން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރިޔަސް މިހާތަނަށް އެއްވެސް ޖޫރިމަނާއެއް ވެސް ދައްކައިފައެއްނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެމްއެމް އެކްސްޕޯޓްގެ ބާޖެއް ފިލައިގެން ދިޔަ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.


50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް