ads
އިރު
އިރުގައި ބާރު ގޮވުމެއް ގޮވައި މުޅި ދުނިޔެއިން އިންޓަނެޓު ކެނޑިދާނެކަމުގެ ބިރު ބޮޑުވެއްޖެ
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރެގައި އިރުގައި ބާރު ގޮވުމެއް ގޮވައި، މުޅި ދުނިޔެއިން އިންޓަނެޓާއި އެހެނިހެން މުއާސަލާތީ ވަސީލަތްތަކުގެ ހިދުމަތް މެދުކެނޑިދާނެކަމުގެ ބިރު ސައިންސުވެރިން ހާމަކޮށްފިއެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ، އިރްވައިންގެ ކޮމްޕިއުޓާ ސައިންސް ޕްރޮފެސަރު ސަންގީތާ އަބްދު ޖިއޮތީ ކުރި ދިރާސާއަކުން ދައްކާ ގޮތުގައި  އިރުގެ ބޮޑު ތޫފާނަކުން އިންޓަނެޓް ކޭބަލްތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިދާނެ ކަމަށެވެ. އަދި އެތައް ޒަމާނަކަށް އިންޓަނެޓާއި މުވާސަލާތީ ވަސީލަތްތައް ކެނެޑޭނެއެވެ. 

މިފަދަ ބާރުގަދަ ގޮވުމެއް އެންމެ ފަހުން އިރުގައި ގޮވާފައިވަނީ 1859 ވަނަ އަހަރުއެވެ. އޭރު ދުނިޔޭގައި އިންޓަނެޓު ބޭނުންކޮށެއް ނޫޅެއެވެ. 2025 ވަނަ އަހަރު އިރުގެ ތޫފާނެއް އައުމަކީ އެކަށީގެންވާކަމެކެވެ. އަދި އެ ތޫފާނުގެ ސަބަބުން ކަނޑުއަޑީގައިވާ އިންޓަނެޓު ކޭބަލްތައް ސަލާމަތް ވުމުގެ ހަނި ފުރުސަތެއް ވެސް އެބައޮތެވެ. 

މި ދިރާސާއާ ބެހޭ ގޮތުން ނާސާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. 

މިއީ އިރުގެ ތޫފާނެއްގެ ސަބަބުން "އިންޓަނެޓް އެޕޯކަލިޕްސް" އެއް އުފެދިގެން ދިމާވެދާނެ ބައެއް ކަންތައްތައް:

  • މުވާސަލާތީ ނެޓްވޯކްތައް ބުރޫއަރާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނާ މުއާމަލާތް ކުރަން އުނދަގޫވުން
  • މާލީ މާކެޓްތައް ބަންދުވެ، އިގްތިސާދީ ހަލަބޮލިކަން އުފެދިގެންދިއުން
  • ދަތުރުފަތުރުގެ ނިޒާމުތަކަށް ބުރޫއަރާ، ދަތުރުފަތުރު ކުރަން އުނދަގޫ ނުވަތަ ނުކުރެވޭނެ ގޮތްވުން
  • ކަރަންޓް ގްރިޑްތަކަށް ހަލާކުވެ، ފުޅާދާއިރާއެއްގައި ކަރަންޓް ކެނޑުން

"އިންޓަނެޓް އެޕޯކަލިޕްސް" އެއްގެ އަސަރުތައް ދުރުރާސްތާއަށް ކުރާނެ ކަމަށާއި މުޅި ދުނިޔޭގެ މީހުންގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާނެ ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ. އިރުގެ ތޫފާންތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ސަމާލުވެ، އިންޓަނެޓާއި ކަރަންޓު އަދި މުއާސަލާތީ ވަސީލަތްތައް މެދު ކެނޑުމުގެ ފުރުސަތު އޮތްކަމަށް ތައްޔާރުވުމަށް ފިޔަވަޅުތައް އެޅުން މުހިންމެވެ.

17%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް