ads
ނައިބު ރައީސް ފައިސަލް ހައްޖާޖީންނަށް މަރުހަބާ ދަންނަވަނީ
ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެ
މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެއެވެ.

އެންމެ ފަހު ގުރޫޕު އައީ މިއަދު ހެނދުނުއެވެ. އެ ގްރޫޕުގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ. އެގްރޫޕުގައި 290 ހައްޖުވެރިން ހިމެނެއެވެ. 

ހައްޖުވެރިންގެ އެންމެ ފަހު ގުރޫޕަށް މަރުހަބާ ވިދާޅުވީ މިއަހަރުގެ އަމީރުލް ހައްޖު، އަދި ނައިބު ރައީސް ފައިސަަލް ނަސީމްއެވެ. 

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. 

ހައްޖުގެ އަޅުކަން ކުރަން ދިޔަ ފަސް މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ. އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް