ads
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުުރުމުގެ ތަސައްވުރު ދައްކުވައިދޭ ކުރެހުމެއް - ފޮޓޯ:ގަވަމެންޓްއެމްވީ
ސަރުކާރުގެ ތަރައްގީއާއެކު އުތުރުގެ ރަށްރަށުގެ ބިމުގެ އަގު އުފުލިއްޖެ: ރައީސް
ރައީސް ސާލިހުގެ ސަރުކާރުން ހިންގާފައިވާ މަޝްރޫ ތަކުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ބިމުގެ އަގު އުފުލިފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

މ. މުލަކުގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އުތުރުގެ ރަށްރަށުގެ ބިމުގެ އަގު އުފުލުނީ ހަނިމާދޫގައި އަޅަމުން އަންނަ ބައިނަލްއަގުވާމީ އެއާޕޯޓު ފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުންކަމަށެވެ. 

"އެންމެ އުތުރުން ބެލިކަމުގައިވިޔަސް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެގެންދާ އިރުގައި، ބޮޑުތިލަދުންމައްޗަށާއި މުޅި އުތުރަށް ބޮޑު ބަދަލެއް، ހެޔޮ ބަދަލެއް އަންނަމުން އެދަނީ. ހަނިމާދޫ ބިމުގެ އަގު މަތިވެއްޖެ، ވަށަފަރު ބިމުގެ އަގު އުފުލިއްޖެ، ނޮޅިވަރަމާއި ނޮޅިވަރަންފަރުގެ ވެސް ބިމުގެ އަގު އުފުލިއްޖެ، ރައްޔިތުންނަށް އުންމީދެއް ލިބިއްޖެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަތޮޅަށްވެސް ސަރުކާރުން ގެންނަމުން އަންނަ ތަރައްގީގެ ސަބަބުން އެއަތޮޅު ރައްޔިތުންވެސް ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ.

"އެންމެ ދެކުނުން އައްޑޫއަށް އެ އަންނަ ބޮޑު ބަދަލާ އެކީގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ތިބީ ރަނގަޅު މުސްތަގުބަލަކަށް އުންމީދުކޮށްކޮށް ރަނގަޅު ބަދަލެއް އަންނަކަން އިހުސާސްކުރެވިއްޖެ. ތައްޔާރުވަމުން އެ ދަނީ މުޅި އައްޑޫ ސިޓީއަށް ތަރައްގީގެ ބަދަލުތަކެއް ގެނައުމަށްޓަކައި،" ރައީސް ރޭ ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރު ތެރޭގައި އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 30 މިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫތަކަށް ހިންގާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރައީސް ރޭ ވިދާޅުވެފައިވަނީ ފަސް އަހަރު ދުވަހު ކުރެވުނު މަސައްކަތުން 2028 ވަނަ އަހަރު އަންނައިރު ރާއްޖެއަށް ވަނަ އާމްދަނީ 50 ބިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް