ads
އޮޔާ ދިޔަ އަންހެން މީހާ އަދި އޭނާގެ ފިރިމީހާ
ރާޅަކާއެކު އޮޔާދިޔަ އިންޑިއާ އަންހެނެއްގެ މައުލޫމާތު ދިން މީހަކަށް 18،000 ރުފިޔާ
ޕިކް ނިކް ގޮސްގެން އުޅެނިކޮށް އޮޔާ ދިޔަ އިންޑިއާ އަންހެއްގެ މައުލޫމާތު ދިން މީހަކަށް 18،000 ރުފިޔާ(1 ލައްކަ އިންޑިއާ ރުޕީޒް) ގެ ފައިސާގެ އިނާމު ދޭން އޭނާގެ އާއިލާއިން ހުށަހަޅައިފިއެވެ.

މި މީހާއަކީ މުމްބާއީގެ ބަންދްރާ ބޭންޑްސްޓޭންޑުގައި އަތިރި މައްޗަށް އާއިލާއެކު ޕިކްނިކް ގޮސް، ފިރިމީހާއެކު އިށީނދެ އިންދައި ނެގި ބިޔަ ރާޅެއްގައި ޖެހި އޮޔާ ދިޔަ މީހެކެވެ.

މިހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:30 ހާއިރުއެވެ. އަންހެން މީހާ އޮޔާދިޔަތަން އޭނާގެ ދެ ދަރިންނަށް ވެސް ވަނީ ފެނިފައެވެ. އެ ރާޅުގައި ޖެހި އޭނާ މޫދަށް ދަމައިގަތެވެ. އޭނާގެ ދަރިން ބިރުވެރިކަމާއެކު ބަލަހައްޓައިގެން ތިއްބައި މަންމަ ރާޅާއެކު ދަމާ ކަނޑަށް ގެންދިޔައެވެ. އޭނާއާއެކު ފިރިމީހާވެސް މޫދަށް ވެއްޓުނު ނަމަވެސް ފިރި މީހާ ވަނީ ސަލާމާތްވެފައެވެ.

އެ އަންހެން މީހާ މޫދަށް ވެއްޓުނު މަންޒަރު ވީޑިއޯ ކުރަމުން ދިޔައީ އޭނާގެ ދަރިންނެވެ. އޭނާގެ ދަރިންގެ އުމުރަކީ 5 އަހަރާއި 7 އަހަރެވެ.

އެ އަންހެން މީހާގެ ހަށިގަނޑު އަދި ފެނިފައެއް ނުވެއެވެ. އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން އަދިވެސް ކުރިއަށް އެބަދެއެވެ. މި ހާދިސާގެ ސަބަބުން ކަނޑުގަދަ ވަގުތު ކަނޑުގައި ފަތާ ނުވަތަ ފީނުމުގެ ނުރައްކާތެރިކަން ހަނދާންކޮށްދެއެވެ. 

އޭނާ ދަމައިގަތް ރާޅުގެ އުސްމިނަކީ ގާތްގަނޑަކަށް 10 ފޫޓެވެ. މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަނީ މުމްބާއީ ޕޮލިހާއި ކޯސްޓްގާޑާއި ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް) ގުޅިގެންނެވެ.

އެންޑީއާރުއެފް އިން ވަނީ އެ އަންހެން މީހާގެ ހަށިގަނޑު ހޯދުމަށް ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވާކަމަށް ބުނެފައެވެ. 

7%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް