މި ތަހުގީގު ކުރިއަށް ގެންދަނީ ސިންގަޕޫރުގެ އެންޓި ކޮރަޕްޝަން އެޖެންސީ ކަމަށްވާ ކޮރަޕްޓް ޕްރެކްޓިސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިންނެވެ.
އޭނާ ބަންދުން ދޫކޮށްލާފައިވަނީ ހުކުރު ދުވަހުއެވެ. ފޯ ސީޒަން އާއި ސިކްސް ސެންސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތައް ރާއްޖޭގައި އޯންގް ހިންގައެވެ. އޭނާއަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ މަހުޖަނެވެ.
އޮންގް ބެންގް ސޮންގް ވަނީ ކޮވިޑު ތެރޭގައި ވެސް ދިވެހިރާއްޖެއަށް އެހީވުމަށް 15 ވެންޓިލޭޓަރުވެސް ހަދިޔާކޮށްފައެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތު ވެސް އޮތީ އޮންގް މައްޗަށް ކުރެވިފައެވެ.
މި މައްސަލައިގައި އޮންގް ގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް ސ.އިސްވަރަންވެސް ސިންގަޕޫރު ސަރުކާރުން ވަނީ ހައްޔަރުކޮށްފައެވެ.
ސިންގަޕޫރު ޓޫރިޒަމް ބޯޑާ (އެސްޓީބީ) އާއި ސިންގަޕޫރު ގްރޭންޑް ޕްރި (ޖީޕީ) ކޯޕަރޭޝަންގެ އޮފިޝަލުން ފޯމިއުލާ ވަން (އެފް1) ގެ އެގްޒެކެޓިވުންގެ ރިޝްވަތު ނަގާފާނެ ކަމަށް ބުނާ ތުހުމަތުތައް ސީޕީއައިބީން އަންނަނީ ތަހުގީގު ކުރަމުންނެވެ. ރިޝްވަތު ދީފައި ވަނީ ސިންގަޕޫރުގައި ބާއްވާ އެފް1 ރޭހަށް ނުފޫޒުފޯރުވަންކަމަށް ރިޕޯޓުތައް ބުނެއެވެ.
'ސިންގަޕޫރު ގްރޭންޑް ޕްރި' އަކީ 2008 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ބާއްވަމުން އަންނަ ފޯމިއުލާ ވަން ރޭހެކެވެ. އަދި ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބޭ ސިންގަޕޫރަށް ވެސް ބޮޑު އިގްތިސާދީ އިވެންޓެކެވެ.
ކޮރަޕްޝަންގެ ތަހުގީގަކީ ސިންގަޕޫރު 'ގްރޭންޑް ޕްރި' ގެ މުސްތަގުބަލަށް އޭގެ އަސަރުތަކެއް ކޮށްފާނެ ސީރިއަސް މައްސަލައެކެވެ. އެ ތުހުމަތުތަކަކީ ތެދެއްކަން ސާބިތުވެއްޖެނަމަ އެކަމުގެ ސަބަބުން ރޭހުގެ އަބުރާއި އެސްޓީބީގެ އަބުރަށް ގެއްލުން ލިބޭނެއެވެ. އަދި ރޭސް ކެންސަލް ނުވަތަ އެހެން ތަނަކަށް ބަދަލުވުން ވެސް މެދުވެރިވެދާނެއެވެ.