ads
ވެސްލޭ ފޮފާނާ
ޗެލްސީގެ ފޮފާނާ، ހަތް މަސް ދުވަހަށް ކުޅުމާއި ދުރަށް
ޗެލްސީގެ ޑިފެންޑަރު ވެސްލީ ފޮފާނާ، ހަތް މަސްދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ.

ފޮފާނާ، ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ. އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޮޕަރޭޝަނެއް ކޮށްފައިވާއިރު، އޭނާއަށް އެނބުރި ދަނޑަށް ނުކުމެވޭނީ ހަތް މަސް ފަހުންނެވެ. 

އޮޕަރޭޝަން ކުރުމާއި ގުޅިގެން، އުމުރުން 22 އަހަރުގެ ޑިފެންޑަރު ޗެލްސީ ޓީމާއެކު ޕްރީ ސީޒަން ޓުއާގައި ބައިވެރިނުވެއެވެ. ޗެލްސީން ވަނީ އެމެރިކާގައި ޕްރީ ސީޒަން ޓުއާއެއް ހެދުމަށް ދަތުރުކޮށްފައެވެ. 

ފްރާންސްގެ ސެންޓަ ބެކް ޗެލްސީއާއި ގުޅުނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 70 މިލިއަން ޕައުންޑުގެ އަގަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް