ads
އެމްއެމް އެކްސްޕޯޓްގެ ހިލަ ބާޖު ފުވައްމުލަކު ފަރަށް އަރައިފައި.-- ފޮޓޯ: ރިޒާ އިސްމާއިލް
އަނެއްކާވެސް ހިލަ ބާޖެއް ފަރަށް އަރައިފި
އަނެއްކާވެސް ހިލަ ހިފައިގެން އައި ބާޖެއް ފަރަށް އަރައިފިއެވެ.

މިއީ މިމަހުގެ ތެރޭގައި ފަރަށް އެރި ދެވަނަ ބާޖެވެ. މިފަހަރު ބާޖު ފަރަށް އަރާފައިވަނީ ހދ. ކުޅުދުއްފުށީ ފަރަށެވެ. އެ ބާޖަކީ 6000 ޓަނުގެ ހިލަ ހިފައިގެން ދަތުރުކުރި ބާޖެއްކަމަށެވެ. ބާޖު ފުން ކުރުމުގެ މަސައްކަތް ކުރާތާ މިއަދަށް ވަނީ ދެ ދުވަސް ވެފައެވެ. 

މީގެ ކުރިން ބާޖު ފަރަށްއެރީ ފުވައްމުލަކު ފަރަށެވެ. ފުވައްމުލަކު ފަރަށް އެރި ބާޖު ވަނީ އީޕީއޭއިން މައްސަލަ ތަހުގީގު ކުރަމުން އަންނަނިކޮށް ފިލައިގެން ރާއްޖޭން ބޭރަށްގޮސްފައެވެ. 

އެ މައްސަލައާ ގުޅިގެން އީޕީއޭއިން ބުނީ ، ފަރަށް ނާރާ ކަމަށް ބުނެ، އެ އިދާރާ އަށް އެއްވެސް އެންގުމަކާ ނުލައި އެ ބާޖު ރާއްޖެ އިން ފުރައިގެން ގޮސްފައިވާ ކަމަށެވެ. 

އެ ބާޖު ފުރައިގެން ދިޔުމުގައި އެމްއެމް އެކްސްޕޯޓުގެ ރާއްޖޭގެ އެޖެންޓް، މެއިންލައިން ޝިޕިންގެ ބައިވެރިވުން ވެސް އެބައޮތެވެ.

އެކަން ކުރީ އީޕީއޭ އަށް އޮޅުވާލައިގެން ކަމަށް އެ އެޖެންސީން ތުހުމަތުކުރެއެވެ. 

އެމްއެމް އެކްސްޕޯޓްގެ އުޅަނދުފަހަރުތަކުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ ފަޅާއި ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އެ މައްސަލަތަކުގައި އެ ކުންފުންޏާ މެދު އީޕީއޭ އިން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރިޔަސް މިހާތަނަށް އެއްވެސް ޖޫރިމަނާއެއް ވެސް ދައްކައިފައެއްނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެމްއެމް އެކްސްޕޯޓްގެ ބާޖެއް ފިލައިގެން ދިޔަ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް