ads
ހަށިވިއްކުމުގެ ތުހުމަތުގައި މީގެ ކުރީން ހައްޔަރުކުރި މީހުންތަކެއް
ހަށިވިއްކާކަމުގެ ތުހުމަތުގައި ދިވެހިންނާއިއެކު ބަޔަކު ހައްޔަރުކޮށްފި
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ދިވެހި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މާލޭގައި ހިންގަމުން ދިޔަ 'އެލޯރާ ސްޕާ އެންޑް ސެލޫން' ގައި ހަށިވިއްކަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްއާއި، އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި، އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 2 ދިވެހިން ވެސް ހިމެނެއެވެ. އެއީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް