ads
އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ ސައިކަލު ބުރުގެ ތެރެއިން
އިދިކޮޅު ކޯލިޝަންގެ ސައިކަލު ބުރުން 14 މީހަކު ހައްޔަރުކޮށްފި
އިދިކޮޅު ކޯލިޝަންގެ ސައިކަލު ބުރުން 14 މީހަކު ހައްޔަރުކޮށްފިއެވެ.

މި ސައިކަލުބުރު ފަށާފައިވަނީ މިއަދު ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. 

"ޔޫތް ރައިޑް" ގެ ނަމުގައި ބޭއްވި މި ސައިކަލު ބުރަކީ ޔާމިން މިނިވަންކުރަން ގޮވާލާ ބާއްވާފައިވާ ސައިކަލު ބުރުކެވެ. 

ސައިކަލު ބުރު ކުއްލިއަކަށް ވަކި ހިސާބަކުން އެއްވުމަކަށް ބަދަލުވެ ބައެއް މީހުން ވަނީ މަގުމަތީގައި ހިނގައި އިށީނދެ ހަދައިފައެވެ. މި މުޒާހަރާގައި ބައިވެރިވި 14 މީހަކު ހައްޔަރުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.  

މި ސައުކަލުބުރު މިއަދު ބާއްވަން އިދިކޮޅުން ނިންމިއިރު، 'ރައްޔިތުންގެ ސުލްހަވެރި ހިނގާލުން' ނަމުގައި އިދިކޮޅުން ބާއްވަން އުޅުނު ހިންގާލުން އިއްޔެ ވަނީ ކެންސަލްކޮށްފައެވެ. އެއީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. 

ވ. އާރަށުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމިން ތަންފީޒު ކުރައްވަމުން އަންނައިރު އެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ފެށުން ލަސްވެގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ އިސްވެރިން ވަނީ ތިން ފަހަރަކު ހައި ކޯޓަށްވެސް ގޮސް ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މާދަމާ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ކެނޑިޑަސީ ހުށަހެޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލާފައެވެ.  އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކެނޑިޑަސީ ހުށަހަޅަން ފުރުސަތު އޮތް ނަމަވެސް، ޔާމިން އަށް ޖަލު ހުކުމުން މިންޖުނުވެވިއްޖެނަމަ ރިޔާސީ އިންތިހާބުގެ ކެނޑިޑަސީއެއް ނުލިބޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް