ads
އާސެނަލް - ޔުނައިޓެޑު މެޗުގެ ތެރެއިން
ޕްރީ ސީޒަން ފްރެންޑްލީއެއްގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ
ޕްރީ ސީޒަން ފްރެންޑްލީއެއްގައި ޔުނައިޓެޑު އަތުން އާސެނަލް ބަލިވެއްޖެ އެވެ.

ޕްރީ ސީޒަން ޓުއާގައި މިހާރު އެމެރިކާގައި ތިބި ޔުނައިޓެޑާ އާސެނަލް ރޭ ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ލަނޑުތައް ޖެހީ ބްރޫނޯ ފެނާންޑޭސްއާ ޖޭޑަން ސަންޗޯއެވެ. ބްރޫނޯގެ ލަނޑަކީ، ކްލަބުގެ އާ ކެޕްޓަންގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅިފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ. 

ޕްރީ ސީޒަން ފްރެންޑްލީއެއް ކަމުން، މެޗު ނިންމާފައި ދެ ޓީމުން ޕެނަލްޓީ ޝޫޓްއައުޓެއްވެސް މި މެޗުގައި ކުރިއަށް ގެންދިޔައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައިވެސް އާސެނަލްގެ މައްޗަށް ކުރި ހޯދީ ޔުނައިޓެޑުންނެވެ. އެއީ ފަސް ލަނޑު ތިން ލަނޑުންނެވެ. 

އާ ސީޒަންގެ ޕްރިމިއަ ލީގު ފެށޭނީ އަންނަ މަހު 12 ވަނަ ދުވަހުއެވެ. އާސެނަލްއިން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އަދި ޔުނައިޓެޑުން ލީގުގެ ފުރަތަމަ މެޗުގައި ކުޅޭނީ ވުލްސްއާ ދެކޮޅާށް އަންނަ މަހު 15 ވަނަ ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް