ads
ސީޕީ މުހައްމަދު ހަމީދު
އޭއައި މެދުވެރިކޮށް ރާއްޖޭގައި ކުށް މަދުކުރުމުގެ މަސައްކަތް ފަށައިފި
އާޓިފިޝަން އިންޓަލިޖެންސް (އޭއައި) އާއި މެޝިން ލާނިން މެދުވެރިކޮށް ރާއްޖޭގައި ކުށްމަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.
Advertisement

ފުލުހުން މިކަން ހާމަކުރީ އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި މި ސެންޓަރު ހުޅުވާފައިވަނީ "ސެންޓަ އޮފް އެކްސަލެންސް ފޯ ޕަބްލިކް ސޭފްޓީ"ގެ ނަމުގައި ސެންޓަރެއް ހުޅުވުމަށްފަހުއެވެ. 

މި ސެންޓަރަށް ޔޫއޭއީގެ "ޕްރީސައިޓް" ކުންފުނިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ. މިކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑާޓާ އެނަލިޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެއްކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މި ސެންޓަރުގައި ގާއިމުކޮށްފައިވާ އެކި ޕްލެޓްފޯމްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިން ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުންކުރެވޭނޭ ވަސީލަތްތައް ހުރި ތަނެއް ކަމަށެވެ. 

"ކުށުގެ މާހައުލު ދިރާސާކުރުމާއި، އެފަދަ މާހައުލުތަކުގައި ހިނގާ ކުށްތަކާއި، ސެކިއުރިޓީ ރިސްކުތައް އެނަލިޓިކަލް ޓޫލްތަކުގެ އެހީގައި ދުރާލައި ދެނެގަތުމާއި، ތަހުގީގީ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ އިތުރުން ސައިބަ ތްރެޓްތައް ދެނެގަނެ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރާނޭ ބައެއް ވަސީލަތްތައް މި ސެންޓަރުން ފެނިގެންދާނެ،" -ފުލުހުން-


ސެންޓަރު ހުޅުވާދެއްވުމަށްފަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިފަދަ މަސައްކަތްތަކެއްގެ ތެރެއިން ފުލުހުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަމާން، ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ހެދުން ކަމަށެވެ.

"ބަވަނަ ވެފައިވާ މުޖުތަމައެއްގައި ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުންކުރުމަކީ ހަމައެކަނި އިސްތިރާޖީ އުކުޅެއް ނޫން. އެއީ ފުލުހުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާގެ ތެރެއިން ހިމެނިގެންދާ ކަމެއް،" -ސީޕީ ހަމީދު-

އޭއި ގެ ސަބަބުން ދުނިޔޭގެ ގިނަ މަސައްކަތްތަކަށް ބޮޑު ލުއިތަކަކާއި ކުރިއެރުންތަކެއް ހޯދުމުގެ އިންގިލާބެއް މިހާރު ދުނިޔޭގައި ވަނީ ފެށިފައެވެ. ރާއްޖޭގައި އޭއީ މެދުވެރިކޮށް ކުށް މަދުކުރުމުގެ މަސައްކަތް ފެށުމުން، ރާއްޖެއަށް އިތުރު ހަމަޖެހުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް