ads
ހައްޖު ކޯޕަރޭޝަންގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި
ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަންގެ ކައުންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ކައުންޓަރުން ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް އެ ކޯޕަރޭޝަނުން ވަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބިގެންދާނެ ގޮތް ހަމަޖައްސާފަ އެވެ.

އެގޮތުން ކޯޕަރޭޝަނުން ލިބެމުން އަންނަ ހިދުމަތްތައް އެ ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv މެދުވެރިކޮށް ލިބިގެންދާނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. ހައްޖު ކޯޕަރޭޝަނުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭން ފެށުމާއި އެކު ގޭގައި ތިބެގެން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެވޭނެ އެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ފޯމްތައް ޑައުންލޯޑް ކުރުމަށް ފަހު، ފޯމްތައް ފުރައި، ފޯމާ އެކު ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ސްކޭން ކުރުމަށްފަހު އެ ކޯޕަރޭޝަންގެ މެއިލް [email protected] މެދުވެރިކޮށް އޮންލައިންކޮށް އެޕްލައި ކުރެވޭނެ އެވެ.

މީގެ އިތުރުން ޕޭމްންޓުތައް ވެސް އޮންލަންކޮށް ދެއްކޭނެ ގޮތް އެ ކޯޕަރޭޝަނުން ވަނީ މިހާރު ހަމަޖައްސާފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ކޯޕަރޭޝަންގެ ހިދުމަތް ލުއިފަސޭހަ ކަމާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ގޮތް މަގުފަހު ކުރުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް