ads
އެސްޓީއޯ ސްމާޓް ސްޓޯ: މާދަމާ ހެނދުނު 10 ޖަހާއިރު ހުޅުވުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުން - ފޮޓޯ:އެސްޓީއޯ
އެސްޓީއޯ ސްމާޓް ސްޓޯ މާދަމާ ހެނދުނު ހުޅުވަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާ ކޭޝިއަލެސް ފިހާރަ މާދަމާ ހެނދުނު ހުޅުވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭގައި އެސްޓީއޯއިން ހިންގަމުން އަންނަ ފިހާރަ މަރާމާތަށްފަހު އަލުން ހުޅުވާނީ، ކޭޝިއަލެސް ނުވަތަ ކޭޝިއަރުން ނުތިބޭ ފިހާރައެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން މީގެކުރިން ވަނީ ބުނެފައެވެ.

އެސްޓީއޯ ސްމާޓް ސްޓޯ ހުޅުވުމަށްވަމުންދާ އެންމެފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސްމާޓް ސްޓޯ މާދަމާ ހެނދުނު 10 ޖަހާއިރު ހުޅުވާނެ ކަމަށެވެ.

އެސްޓީއޯގެ ހުޅުމާލެ ފިހާރަ މަރާމާތުކުރުމަށް ބަންދުކުރީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ފިހާރަ މަރާމާތުކުރުމުގެ މަސައްކަތްތައް އެސްޓީއޯގެ ފަރާތުން ކުރަމުން ދިޔައިރު، މަރާމާތަށްފަހު އެ ފިހާރަ އަލުން ހުޅުވާނީ 'ގުރޭބް އެންޑު ގޯ' ކޮންސެޕްޓް ފިހާރައެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން ހިންގާ އެ ފިހާރައިގައި ކޭޝިއަރުންނާއި ސޭލްސްމަނުންނެއް ނުތިބޭނެއެވެ. 

  • ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދޭނެ
  • ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް އެއްކޮށް ނައްތާލާނެ
  • ފިހާރައިން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރާނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް
  • އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަކޮށްފައި ލޮގިންއެއް ހެދުމުން ފިހާރައިން ވިޔަފާރި ކުރެވޭނެ

އެސްޓީއޯއިން ބުނެފައިވަނީ މި ފިހާރައިން ލިބެން ހުންނާނީ ހަމައެކަނި އެ ކުންފުނިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫން ކަމަށާއި ފިހާރައިން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެ ކަމަށެވެ.

your imageއެސްޓީއޯ ސްމާޓް ސްޓޯ: މާދަމާ ހެނދުނު ހުޅުވަން ދަނީ ތައްޔާރުވަމުން - ފޮޓޯ:އެސްޓީއޯ

މީގެ އަށެއްކަ އަހަރުކުރިން ތައާރަފުކުރެވުނު މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 3،000 އަށް ވުރެ ގިނަ ކޭޝިއަ-ލެސް ފިހާރަ ދަނީ ހިންގަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް