ads
ސިފައިން މިރޭ އެ މީހާ ޗެކް ކުރަނީ
ގޮވާއެއްޗެއް ހިފައިގެން ޖުމްހޫރީ މައިދާނުގައި އޮތްކަމަށް ބެލެވޭ މީހަކު ޗެކްކޮށްފި
ގޮވާއެއްޗެއް ހިފައިގެން ޖުމްހޫރީ މައިދާނުގައި އުޅުނުކަމަށް ތުހުމަތު ކުރެވުނު މީހަކު މިރޭ ސިފައިން ޗެކްކޮށްފިއެވެ.

އެމީހާ ޗެކްކޮށްފައިވަނީ ދަބަހަކާއެކު ޖުމްހޫރީ މައިދާނުގައި އުޅެނިކޮށެވެ. 

ސިފައިން މިރޭ ބުނީ ދަބަހެއް ގިފައިގެން އޮތް މީހެއްގެ ދަބަހުގައި އެފަދަ އެއްޗެއް އޮވެދާނެކަމަށް ބެލެވޭތީ އޭނާ ޗެކްކޮށްފައިވާ ކަމަށެވެ. 

"އަމަލުކުރާ އުސޫލުގެ ތެރެއިން ޗެކް ކުރިން އެއީ އެފަދަ (ގޮވާ) އެއްޗެއް ނޫން،" -އެމްއެންޑީއެފް- 

ސިފައިން އެމީހާ ޗެކްކުރާ ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް މިރޭ ވަނީ ދައުރުވެފައެވެ. 

ބައެއް ފަރާތްތަކުން އަންނީ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް ބުނަމުން: 

ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިވެހިރާއްޖެ ބޭސްއެއްގެ ގޮތުގައި ބޭނުންކޮށްގެން އިންޑިއާ އާއި ސިރީ ލަންކާ ފަދަ އަވަށްޓެރި ގައުމުތަކަށް ހަމަލާތަކެއް ދީފާނެކަމަށް ރިޕޯޓަކުން ވަމީ މިދިޔަ ޖޫން މަހު ހާމަކޮށްފައެވެ. 

އެމެރިކާގެ އިންސްޓިޓިއު އޮފް ޕީސް (ޔޫއެސްއައިޕީ) އިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ "އަފްގާނިސްތާނާއި ދެކުނު އޭޝިއާގައި އިސްލާމިކް ސްޓޭޓްގެ ނުރައްކާ ބޮޑުވަމުން އަންނަ،" ކަމަށެވެ. 

އަފްގާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކުރިމަތިވަމުންދާ ނުރައްކަލާއި، ރާއްޖެ ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ އެހެން ހިސާބުތަކަށް ފެތުރުމުގެ ފުރުސަތު އޮތް ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. 

މިހާރުވެސް ރާއްޖޭގައި އައިއެސްގެ ހާއްޔެއް ގާއިމްކޮށްފައިވާއިރު، ރާއްޖޭގެ ބަލިކަށި ސަލާމަތީ ބާރުތަކާއި ހުޅުވާލެވިފައިވާ ބޯޑަރުތަކުގެ ސަބަބުން އައިއެސް އިތުރަށް ވަރުގަދަވުމަށް ފަސޭހަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގެ ހޯދުންތަކަކީ ކަންބޮޑުވާންޖެހޭ ހޯދުންތަކެއް ކަމަށާއި، އައިއެސްގެ ނުރައްކަލަށް ހައްލެއް ހޯދުމަށް ރާއްޖެއިން އިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކޮށްފައިވެއެވެ. އައިއެސްއާ ދެކޮޅަށް ރާއްޖޭގެ ސަރުކާރުން މިހާރު ވަނީ އެ ޖަމާއަތް މަނާކުރުމާއި، އައިއެސްއަށް ހަމްދަރުދީވާ ކަމަށް ޝައްކުކުރެވޭ މީހުން ހައްޔަރުކުރުން ފަދަ ބައެއް ފިޔަވަޅުތައް އަޅާފައިކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް