ads
ކޮންޖަންކްޓިވައިޓިސް
ފެން ބޮޑުވި ފަހުން އިންޑިއާގައި ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެނީ
އިންޑިއާގައި އާދަޔާހިލާފަށް ފެން ބޮޑުވި ފަހުން 'ކޮންޖަންކްޓިވައިޓިސް' ކިޔާ ލޮލު ރޯގާއެއް ހަލުވިކަމާއެކު ފެތުރެމުން އަންނަކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ރިޕޯޓުތައް ބުނާތޮތުން އެ ބަލިޖެހިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީން އެކަނިވެސް 100 އަށްވުރެ ގިނަ މީހުން ކޮންމެ ދުވަހަކު އަންނަނީ ސިއްހީ ފަރުވާ ހޯދަމުންނެވެ. 

ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންވި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުން އަންނަނީ ލޮލުގެ ފްލޫ ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ބައެއް ހާލަތްތަކުގައި ބަލި މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައިވެއެވެ.

ދިއްލީގައި މި ބަލި ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ އޮފިޝަލުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. މި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ގިނަގިނައިން ސައިބޯނި އާއި ފެނުން އަތްދޮވުން
  • ލޮލުގައި އަތްލުމުން ދުރުހެލިވުން
  • ރޯގާ ފޮޅުމަށް ސާފު ޓިޝޫ ބޭނުންކުރުން
  • ތަގައްޔަރުވެފައިވާ ފެނުގައި ފަތާ އުޅުމުން ދުރުހެލިވުން
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް