ads
އިމްއާން
ބެކްސްޓްރޯކް 200 މީޓަރު ގައުމީ ރެކޯޑް އިމްއާން އާކޮށްފި
200 މީޓަރު ލޯންގް ކޯސް ބެކްސްޓްރޯކް ގައުމީ ރެކޯޑް، އަލީ އިމްއާން އާކޮށްފިއެވެ.

200 މީޓަރު ލޯންގް ކޯސް ބެކްސްޓްރޯކް ގައުމީ ރެކޯޑް، އަލީ އިމްއާން އާކުރީ، ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް – ފުކުއޯކާ 2023 ގައެވެ. މި މުބާރާތުގައި އިމްއާން 200 މީޓަރ ބެކްސްޓްރޯކް އިވެންޓު ފުރިހަމަކޮށްފައިވަނީ 02.23.46 އިންނެވެ.

މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ ވެސް އިމްއާން އެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު 7 ވަނަ ފީނާ ވޯލްޑް ޖޫނިއަރ ޗެމްޕިއަންޝިޕްސްގައި 200 މީޓަރ ބެކްސްޓްރޯކް އިވެންޓު 02.28.17 އިން ނިންމައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް