ads
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް - ޓްވިޓަރ
ބޭންކުތަކުގެ ބާރުތައް ކުޑަކޮށް މާލީ ދާއިރާ އިސްލާހު ކުރާނަން: ފައްޔާޒު
ރާއްޖޭގެ ބޭންކުތަކުގެ ބާރުތައް ކުޑަކޮށް މާލީ ދާއިރާ އިސްލާހު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި މިވާ ގޮންޖެހުންތަކުގެ ސަބަބުން މާލީ ދާއިރާތައް އިތުރަށް ހަރުދަނާކޮށް އިސްލާހު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމުގައެވެ. 

މި ހާލަތުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފާނެކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ، ބޭންކުތަކަށް ދީފައިވާ ބާރުތައް ކުޑަ ކުރަން ޖެހޭކަމުގައެވެ.

މިނިސްޓަރު ވަނީ ގައުމުގެ މާލީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް ކުރާނެ ކަމުގައި ޓްވީޓުގައި ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އަަސަރުތަކެއް ކުރާނެކަމަށް ލަފާ ކުރެވިފައިވާއިރު، މި އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައިވާއިރު، އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާނެ މައްސަލަތައް ކުޑަ ކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރު ފައްޔާޒުވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރު ވަނީ ކޮވިޑް-19 އާއި ގުޅިގެން ލޯން ތަކުގެ އިންޓްރެސްޓް ރޭޓް ދައްކުރުމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. 

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމުން. އެ ސިނާއަތުގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ހާއްސަކޮށް ކުރު މުއްދަތުގެ ލޯނު ސްކީމްތަކެއް ތައާރަފް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް