ads
ފަސް ރަށެއްގެ ކުޅިވަރު ޕްރޮޖެކްޓްތައް ހަވާލުކުރުން
ފަސް ރަށެއްގެ ކުޅިވަރު ޕްރޮޖެކްޓްތައް ހަވާލުކޮށްފި
ފަސް ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ކުޅިވަރު މިނިސްޓްރީން ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފިއެވެ.

ކުޅިވަރު މިނިސްޓްރީން ބުދަ ދުވަހު ސޮއިކޮށްފައިވަނީ ހދ. ނައިވާދޫ، ހއ. އުލިގަން، އަދި ގދ. ވާދޫގެ ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، ހއ. ދިއްދުއާއި ހދ. ނޮޅިވަރަމް އައުޓްޑޯ ވޮލީކޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައެވެ.

މި ޕްރޮޖެކްޓަތަކުގެ ތެރެއިން ފުޓުބޯޅަ ދަނޑުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދަނޑުގެވެސް މަސައްކަތް ނިންމުމުގެ މުއްދަތަކީ 90 ދުވަހެވެ.

ދިއްދޫ ވޮލީކޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ގްރީންލައިން މޯލްޑިވްސްއާއެވެ.  މިއީ 45 ދުވަސް ތެރޭގައި ނިންމަންޖެހޭ މި މަސައްކަތެކެވެ. 44 ދުވަސްތެރޭގައި ނިންމަންޖެހޭ ނޮޅިވަރަމް ވޮލީކޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް