ads
ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ފައިސާ ލިބެނީ ތިން ޕާޓީ އަށް، ޖުމުލަ 33.4 މިލިއަން: އީސީ
ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ތިން ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އެގޮތުން އީސީ އިން ބުނެފަައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 10 ސިޔާސީ ޕާޓީގެ ތެރެއިން ދިހަ ހާސް މެމްބަރުން ހަމަވަނީ ތިން ޕާޓީއެއްގައި ކަމަށެވެ. 

އެގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގައި ޖުމުލަ 53،748 މެމްބަރުން ތިބި އިރު އެ ޕާޓީއަށް ޖުމުލަ ލިބެނީ 17.6 މިލިއަން ރުފިޔާ އެވެ. 

އަދި އޭގެ އިތުރުން ދެވަނައަށް އެންމެ މެމްބަރުން ގިނައީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައެވެ. އެގޮތުން ޕީޕީއެމްގައި ޖުމުލަ 36،054 މެމްބަރުން ތިބި އިރު އެޕާޓީއަށް ޖުމުލަ ލިބެނީ 11.8 މިލިއަން ރުފިޔާ އެވެ. 

މީގެ އިތުރުން 12،128 މެމްބަރުންނާއި އެކު ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް 3.9 މިލިއަން ރުފިޔާ ލިބެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ފައިސާ ބެހުމުން ކޮންމެ މެމްބަރެއްގެ ބޮލަށް ޖެހިފައިވަނީ 327.69 ރުފިޔާ ކަމަށެވެ. 

ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭ މިންވަރު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާއިރު، ނުހަނު ފަހުން އެ ކޮމިޝަނުން ވަނީ ސައްހަ ނޫން ފޯމްތައް ޕާޓީތަކުން ފޮނުވާކަމަށް ބުނެ އެކަމުގައި ހައްލު ހޯދުމަށް ޕާޓީތަކާއި އެކު މަޝްވަރާ ކޮށްފައެވެ.

18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް