ފުލުހުން މިގޮތަށް އެދިފައިވާއިރު، މިއަދު ސިނަމާލޭ ބުރިޖު ހައިވޭ މަތިން ދަތުރުކުރި ބަޔަކަށް ވެސް ވަނީ އަދަ އެރުމުގެ ސަބަބުން ގެއްލުންވެފައެވެ.
މާލޭ ރާޅުގަނޑު ސަރަހައްދައް ވެސް އުދަ އަރައިގެން ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ވީޑިއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ރާޅުގަނޑު ސަރަހައްދަށް އުދައަރާތީ މަޑުކޮށްގެން އިން މީހަކު ސައިކަލުން ވެއްޓޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯިން ވެސް އެ ވީޑިއޯއިން ފެނެއެވެ.
ބުރިޖު ހައިވޭއިން އިން ދަތުރުކުރި ހަ ވަރަކަށް ސައިކަލު އެއްފަހަރާ ރާޅުގެ ފޮނުގަނޑުގައި ޖެހި ވެއްޓޭ މަންޒަރުވެސް މިއަދު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.