ads
ފޮޓޯ: ރައީސް އޮފީސް
އަންނަ ހަފްތާ ސަރުކާރު ބަންދުކުރަން ނިންމައިފި
މިމަހު 19 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. 

އެގޮތުން މި ހަފްތާގެ ބްރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބްރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. 

އަދި ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ ހަރަދު ކުޑަކުރުމަށް ވެސް ކެބިނެޓުން ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. 

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް