ads
ހަސަން ލަތީފް
އިލިޔާސް ލަބީބާއެކު ޕީޕީއެމް ގުޅިގެން ނުކުންނަން ނިންމައިފިން: ޑިމޮކްރެޓްސް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސް ގެ ފަރާތުން އިލިޔާސް ލަބީބާއެކު ޕީޕީއެމް ގުޅިގެން މަސައްކަތްކުރަން ނިންމާފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ރޭ ނޫސް ވެރިންނާއި ބައްދަލުކުރައްވައި ޑިމޮކްރެޓްސް ޕާޓީގެ އިންތިގާލީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެޕާޓީން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެންޑިޑެންސީ ފޯމު މިއަދު އިލެކްޝަން ކޮމިޝަނަށް ހުށައަޅުއްވާނެ ކަމަށެވެ. 

ހަސަން ލަތީފް ވިދާޅުވީ ދިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވަނީ އެޕާޓީގެ ޕްރައިމަރީގައިވެސް ނިންމާފައިވާ ގޮތަށް އިލިޔާސް ލަބީބް ކަމަށެވެ.

ހަސަން ވިދާޅުވީ ރިޔާސީ ރޭހުގައި އެޕާޓީއާއި ގުޅިގެން މަސައްކަތް ކުރަން ޕީޕީއެމް އިން ވަރަށް ގިނަ މަޝްވަރާތައްވެސް ނިމިފައިވާ ކަމަށާއި، އެކުގައި މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. 

"ވަރަށް ގިނަ ގޮތް ގޮތުން އެކި ފަހަރު މަތިން މަޝްވަރާތައް ކޮށްފިން. ޕީޕީއެމްގެ ހަމަ އިސް ފަރތްތަކުން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފަދަ ގިނަ ބޭބޭފުޅުން މިތިބީ އަޅުގަނޑުމެންނާއެކު މި މަސައްކަތް ކުރަން ތައްޔާރުގަ." އހަސަން ލަތީފް ވިދާޅުވި އެވެ.

ރައީސް ކަމަށް އިލިޔާސް ލަބީބް ވާދަކުރައްވާއިރު އެމަނިކުފާނުގެ ރަނިންމޭޓަކީ ކޮން ފަރާތެއްކަން މާދަމާ ހާމަވެގެންދާނެ ކަމަށް ހަސަން ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ ކެންޑިޑެންސީ ފޯމު މާދަމާ ހުށައަޅުއްވާނަން އިލެކްޝަން ކޮމިޝަނަށް. މި އުޅެނީ ޕީޕީއެމްއާއެކު މަޝްވަރާތައް ކުރެވިގެން އެއްބަސްވެވޭ ގޮތަކަށް ކުރިއަށް ދިއުމަށް. މާދަމާ އެނގިގެންދާނެ ރަނިންމޭޓަކީ ކާކުކަންވެސް." ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ސިޔާސީ ވެރިންނާއެކު ވަރަށް ބޮޑަށް ގުޅިގެން ކަމަށާއި، ޖުމްހޫރީ ޕާޓީ އާއެކުވެސް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރެޭނެ ކަމުގެ ފެހި ސިގުނަލް ލިބެމުން އަންނަ ކަމަށެވެ. 

36%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް