ads
ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން
ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރެއް ހައްޔަރުކުރުމުން ކަންބޮޑުވުން
ކުޑަހުވަދޫން 'ދަ ޑިމޮކްރެޓްސް' ގެ ކައުންސިލް މެންބަރަކު ހައްޔަރުކުރުމާއި ގުޅިގެން އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބަނީ ކުޑަހުވަދޫ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ ދަތުރުފުޅާ ގުޅުވައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހްމަދު މައުރޫފްގެ އަމިއްލަ ގޭގައި ޝުއޫރު ފާޅުކުރަމުން ދަނިކޮށް ހައްޔަރުކޮށްފައިވާކަމަށެވެ. އެ އަމަލު ދަ ޑިމޮކްރެޓްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. 

"ރައީސް ސާލިހް ވެރިކަމަށް ވަޑައިގަތީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވައުދުވަމުން. ނަމަވެސް ދެވަނަ ދައުރެއް ހޯއްދެވުމަށްކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ކޮންމެ ރަށަކުންހެން ރައްޔިތުން ނުކުމެ، އިހުތިޖާޖުކޮށް، މިވެރިކަމާމެދު ނުރުހުން ފާޅުކުރަމުންދާ ދިއުން ސަލާމަތީ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ގެންދަވަނީ ހުއްޓުވަމުން،" - ދަ ޑިމޮކްރެޓްސް-

އެންމެ ފަހުން ފުވައްމުލަކު ސިޓީއަށްވެސް ރައީސް އަރައިވަޑައިގަތީ، ރަޔަޓުގިޔަރުގައި ތިބި ފުލުހުންނާއި، ސިފައިން ލައްވާ ރައްޔިތުންގެ އޮބަހައްޓައިގެންކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ދ. ކުޑަހުވަދޫ އިންވެސް ފެނުނީ މި މަންޒަރުކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

"މި ޕާޓީއިން ސަރުކާރަށް ގޮވާލަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި މި ތާއީދުނެތް ސަރުކާރާ ދެކޮޅަށް ސުލްހަވެރިގޮތުގައި އަޑުއުފުލަމުންދާ ރައްޔިތުން ހައްޔަރުކުރުންފަދަ އަނިޔާވެރި، ހުދުމުހުތާރު އަމަލުތައް މިހިނދުން ހުއްޓާލުމަށް،" ޑިމޮކްރެޓުން ބުންޏެވެ.

އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުން އަހްމަދު މައުރޫފަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް