މީގެ ތިން ދުވަސް ކުރިން ސައިންސުވެރިން އާންމުކުރި މި ޖަނަވާރަށް ދީފައިވާ ނަމަކީ "ޕްރޮމަކޯކްރިނަސް ގްރެގަރިއަސް" އެވެ. އެއީ ލެޓިންބަހުން 'ސްޓޯބެރީ' އާއި ގުޅުވާފައިވާ ނަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އާދަޔާ ހިލާފު ޖަނަވާރު ފެނިފައިވަނީ އެންޓާޓިކް ކަނޑުގައި ދިރާސާކުރަމުން ދިޔަ ބަޔަކަށެވެ. އެމީހުންނަށް މި ޖަނަވާރު ފެނުނީ ޖުލައި 15 ވަނަ ދުވަހުއެވެ. ނަމަވެސް މީގެ ތިން ދުވަސް ކުރިއައާއި ހަމައަށް މިކަން އޮތީ ސިއްރުކޮށްފައެވެ.
މީއީ އެންޓާޓިކް ކަނޑު ބަލައިގެން ސައިންސުވެރިންނަށް އާދަޔާހިލާފު ޖަނަވާރެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2008 ވަނަ އަހަރުވެސް އެ ކަނޑުގައި ދިރާސާ ކުރަމުން ދިޔަބަޔަކަށް 'ސްޓާ ފިޝް' އަކާއި ވައްތަރު އާދަޔާ ހިލާފު މަހެއް ފެނިފައިވެއެވެ.