ads
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓްގެ ގުރުނެގުން - ފޮޓޯ:ސީއެންއެމް
ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުން ފަށައިފި، ގޯތި ކެނޑުން ހަވީރު
ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ފަރާތްތަކުގެ ގޯތީގެ ގުރުނެގުން ފަށައިފިއެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ފަރާތްތަކުގެ ގޯތީގެ ގުރުނެގުން ކުރިއަށް ދަނީ ގަލޮޅު ދަނޑުގައެވެ. 

ގުރުނެގުމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެފައިވަނީ 'ގެދޮރުވެރިން ޕޯޓަލް' އިން ކޮންމެ ފަރާތަކަށްވެސް ގުރުއަތުލާން ދާންވީ ދުވަހާއި ވަގުތުގެ އިތުރުން ގުރުނަގަން ދާންވީ ތަން ފެންނާނެ ކަމަށެވެ. މިއަދާއި މާދަމާ ގުރުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ކަމަށާއި މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ގުރުނެގުމުގެ ކަންތައްތައް ކުރިއަށް ދާނީ ހެންވޭރު ދަނޑުގައި ކަމަށް އާރިފް ވިދާޅުވިއެވެ.

ގުރުނެގުމާ ގުޅުންހުރި އިދާރީ މަސައްކަތްތަކާއި ގުރުނެގުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ވިޝާން ވިދާޅުވީ ގުރުނެގުމަށް އަންނަ ފަރާތްތަކަށް އިދާރީ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން އެހީތެރިވާނެ ކަމަށެވެ. އެގޮތުން އެ ފަރާތެއްގެ އެލޮކޭޓެޑް ލޭންޑްގެ ގުރުނަގާ ތަނަކަށް ގެންދާނެ ކަމަށާއި އެއަށްފަހު އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، ގުރުނެގުމަށް ހާއްސަ ކުރެވިފައިވާ ޓެންޓަށް ވަދެވޭނެ ގޮތަށް އިންތިޒާމް ކުރެވިފައިވާ ކަމަށް ވިޝާން ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ 'ގެދޮރުވެރިން ޕޯޓަލް' މެދުވެރިކޮށް ފޮނުވާ މެސެޖުގައި ގުރުނަގަން ދިއުމަށް ދީފައިވާނީ އެއްގަޑިއިރުގެ ވަގުތެއް ކަމަށެވެ. ފޯމުގައި ކަނޑައެޅިފައިވާ އެއްވެސް ފަރާތަކަށް ގުރުނަގަން ދެވޭ ކަމަށް ނުވާ ނަމަ، 'ގެދޮރުވެރިން ޕޯޓަލް' ގެ ތެރެއިން އެ ފަރާތެއްގެ ބަދަލުގައި ދެވޭނެ ފަރާތެއްގެ ނަމާއި އައިޑީ ކާޑު ނަންބަރު ޖެހުމުން ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން އެ ފަރާތަކަށް ގުރުނެގުމުގެ ފުރުސަތު ދެވޭނެ ކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވި ގޮތުގައި ހުޅުމާލޭން އެންމެ ފުރަތަމަ ގޯތި ކަނޑަން ފަށާނީ މިއަދު ހަވީރު ކަމުގައެވެ. ހުޅުމާލޭގައި މިވަގުތު އެވޭލަބަލް ލޭންޑްތަކުން ގުރުއަތު ނެގޭ ފަރާތްތަކަށް މިނިސްޓްރީން ވަކިން ކޮންޓްކްޓް ކުރާނެ ކަމަށާއި އެ ފަރާތްތަކުގެ ޕްލޮޓް ކަނޑަން ދާންވީ ވަގުތު އަދި ދާންވީ ތަން އަންގާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

your imageބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓްގެ ގުރުނެގުން - ފޮޓޯ:ސީއެންއެމް

ބިންވެރިޔާ ސްކީމްގެ ގޯތީގެ ބޮޑުމިނާއި ދޫކުރާ ތަންތަން:

  • 1،250 އަކަފޫޓު - 3،551 ގޯތި (ހުޅުމާލޭން 250، ގުޅީފަޅުން 260، ގިރާވަރުފަޅުން 3،041)
  • 1،650 އަކަފޫޓު - 2،802 ގޯތި (ހުޅުމާލޭން 340، ގުޅީފަޅުން 558، ގިރާވަރުފަޅުން 1،904)
  • 2،050 އަކަފޫޓު - 1،547 ގޯތި (ހުޅުމާލޭން 370، ގުޅީފަޅުން 690، ގިރާވަރުފަޅުން 487)
  • 2،450 އަކަފޫޓު - 656 ގޯތި (ހުޅުމާލޭން 180، ގުޅީފަޅުން 476)
  • 2،850 އަކަފޫޓު - 254 ގޯތި (ހުޅުމާލޭން 100، ގުޅީފަޅުން 154)
  • 3،250 އަކަފޫޓު - 109 ގޯތި (ހުޅުމާލޭން 60، ގުޅީފަޅުން 49)
  • 3،650 އަކަފޫޓު - 53 ގޯތި (ހުޅުމާލޭން 31، ގުޅީފަޅުން 22)
  • 4،000 އަކަފޫޓު - 29 ގޯތި (ހުޅުމާލޭން 20، ގުޅީފަޅުން 9)

އޭގެ ތެރެއިން 1،250 އަކަފޫޓުގެ 3،551 ގޯއްޗަކީ ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. އަދި 1،650 އަކަފޫޓުގެ 2،802 ގޯއްޗަކީ ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައިވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ. ހަތަރުހާސް އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް