ads
ކުޅުދުއްފުށީ ކައުންސިލަރުން އެނބުރި އެމްޑީޕީއާ ގުޅުން
ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ އަނެއްކާވެސް އެމްޑީޕީން ހޯދައިފި
ކުޅުދުއްފުށި ސިޓީގެ ކައުންސިލްގެ މެޖޯރިޓީ އަނެއްކާވެސް އެމްޑީޕީން ހޯދައިފިއެވެ.

އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދާފައިވަނީ މިރޭ އެ ސިޓީގެ މޭޔަރު އަހުމަދު އާތިފް އާއި އިތުރު ބައެެއް މެންބަރުން އެމްޑީޕީއަށް މިރޭ ސޮއިކުރުމާއި ގުޅިގެންނެވެ. 

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިންތާ ހަތަރު ދުވަސް ފަހުން، ކުޅުދުއްފުށީ މޭޔަރު ހިމެނިވަޑައިގަންނަވާ ގޮތަށް، ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ނަމަވެސް މިރޭ އަލުން އެ ކައުންސިލަރުންގެ ތެރެއިން ގިނަބަޔަކު އެމްޑީޕީއާ ގުޅިވަޑައިގަތުމުން ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ވަނީ އަލުން ހޯދާފައެވެ. 

ކައުންސިލަރުންގެ އިތުރުން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއަށް މިރޭ ސޮއިކުރައްވާފައެވެ. 

70%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް