ads
ޑރ. މުހައްމަދު މުނައްވަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ސަން
ޑރ. މުނައްވަރު ޑރ. މުއިއްޒަށް ތާއިދުކުރައްވަން ނިންމަވައިފި
ޑރ. މުނައްވަރު ޑރ. މުއިއްޒަށް ތާއިދުކުރައްވަން ނިންމަވައިފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އިއުލާން ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމާފައިވާ މުނަވައްރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މުނައްވަރު "ސީއެންއެމް" އަށް ވިދާޅުވީ މުއިއްޒުއަށް ތާއިދު ކުރަން ނިންމަވާފައިވަނީ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށާއި، ސިޔާސަތުތައް ކުރިއެރުވޭނެ އެންމެ މޮޅު ގޮތަކީ މުއިއްޒު އާއެކު ކުރިއަށް ދިއުން ކަމަށެވެ. 

އަދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ން ނިންމި ނިންމުމާ ދެކޮޅަށް ކުރެއްވި މަސައްކަތުގައިވެސް އެންމެ ބޮޑު މަސައްކަތެއް ކުރެވިފައިވަނީ ޕީޕީއެމް ޕީއެންސީ އާއި އެކުގައި ކަމަށާއި، އެހެން ކަމުން އެ މަސައްކަތުގައި ދެންވެސް ކުރިއަށް ދެވޭނީ މުއިއްޒު އާއި، ގުޅިގެން ކަމަށެވެވެ.

"މާދަމާ އައްޑު އަތޮޅަށް ކެމްޕެއިނަށް ދާން ރާވާއިގެން ކުރިއަށްދަނީ. މުއިއްޒުގެ ކެމްޕެއިން ޓީމާއިއެކު މާދަމާ އައްޑު އަށް ފުރާނެ." ޑރ. މުނައްވަރު

އިޓްލޮސްގެ ނިންމުމާއިގުޅިގެން ރާއްޖޭގޭ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅުގަ ތިއްބެވި ވަރަށް ގިނަ ފަރާތްތަކެއްވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަނާއި އެކު އެންމެ އިސްކޮށް މަސައްކަތް ކުރައްވާފައިވަނީ ޑރ. މުނައްވަރު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް