ads
މުއިއްޒު މިއަދު އައްޑުއަށް ވަޑައިގެންނެވުމުން ލުތުފީ މަރުހަބާ ދަންނަވަނީ---ފޮޓޯ:ޒާހިދު
އެމްއެމްޕީއާރުސީ ތަހުގީގަށް ހޯދަމުންދާ ހަސަން ލުތުފީ އައްޑޫގައި
އެމްއެމްޕީއާރުސީ ތަހުގީގަށް ހޯދަމުންދާ އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ އައްޑުއަށް އަތުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިމުމާއެކު މެލޭޝިޔާއަށް ވަޑައިގެން މެލޭޝިޔާގައި ދިރިއުޅުއްވަމުން ގެންދެވުމަށްފަހު ހަސަން ލުތުފީ އައްޑުއަށް ވަޑައިގެންފައިވަނީ ކޮން އިރަކު ކަމެއް ސާފެއް ނޫނެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް އޮފިޝަލަކު ސީއެންއެމަށް ވިދާޅުވި ގޮތުގައި ލުތުފީއަކީ އެމްއެމްޕީއާރުސީ ތަހުގީގާ ގުޅިގެން އެ ހިދުމަތުން ހޯދަމުންދާ މީހެކެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި ލުތުފީއަކީ ތަހުގީގަށް ހޯދަމުންދާ މީހެއްކަން ލުތުފީއަށް ވެސް ވަނީ އަންގާފައެވެ. 

"ލުތުފީއަކީ ފުލުހުންގެ ހިދުމަތުން ހޯދަމުންދާ މީހެއް. ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ،" އޮފިޝަލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންވަނީ އެމްއެމްޕީއާރުސީ މައްސަލާގައި ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ވެސް ލުތުފީގެ ބަޔާން ނަގަން މަސައްކަތްކޮށްފައެވެ. 

ލުތުފީ ވަނީ އިދިކޮޅު ޕީޕީއެމް/ޕީސއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެންނެވުމުން މުއިއްޒުއަށް އައްޑޫއިން މަރުހަބާ ދަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް