ads
އެއާ ވިސްޓާރާއިން އޮކްޓޫބަރު މަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައި - ފޮޓޯ:އެއާ ވިސްޓާރާ
އެއާ ވިސްޓާރާއިން އޮކްޓޫބަރު މަހު ރާއްޖެއަށް ދަތުރުތައް ފަށަނީ
އިންޑިއާގެ އެއާ ވިސްޓާރާއިން އަންނަ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އެއާ ވިސްޓާރާއިން ބުނީ އެ އެއާލައިނުގެ ބައިނަލްއަގުވާމީ ނެޓްވޯކަށް އާ ރޫޓެއްގެ ގޮތުގައި މާލެ ހިމަނައި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި ދިއްލީ އާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. 

އެ އެއާލައިނުގެ ވެބްސައިޓާއި މޯބައިލް އެޕްގެ އިތުރުން ޓްރެވަލް އެޖެންޓުން މެދުވެރިކޮށް މިހާރު ފްލައިޓް ބުކިންތައް ހުޅުވާލާފައިވާ ކަމަށް ވިސްޓާރާއިން ބުނެއެވެ. ވިސްޓާރާގެ ދަތުރުތައް މީގެ ކުރިން ކޮށްފައިވަނީ މާލެ އާއި މުމްބާއީ އާ ދެމެދުގައެވެ. 

އެއާ ވިސްޓާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވިނޯދު ކަންނާން ވިދާޅުވެފައިވަނީ ދިއްލީ އާއި މާލެ އާ ދެމެދު ސީދާ ދަތުރުތައް ތައާރަފު ކުރުމަކީ އެ އެއާލައިނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެ އެއާލައިނުގެ ނެޓްވޯކްގައި ހިމެނި މި އާ ރޫޓާ އެކު ދުނިޔޭގެ އެންމެ މަގުބޫލު ޗުއްޓީ މަންޒިލް ކަމަށްވާ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށާއި އިންޑިއާ އާއި ރާއްޖެ އާ ދެމެދު މިހާރު އޮތް ބައިލެޓަރަލް ގުޅުމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ ވިސްޓާރާއިން ރާއްޖެއަށް ފަށާ ދަތުރުތަކުގައި ބޭނުން ކުރުމަށް ނިންމާފައިވަނީ އޭ320 ނިއޯ އެއާކްރާފްޓެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް