ads
ސްވިމިން ޓީމުގެ މެންބަރެއް - ފޮޓޯ އެމްއޯސީ
ސްވިމިން ޓީމުން ފުރަތަމަ ދުވަހުވެސް ތިން ރެކޯޑް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ފުރަތަމަ ދުވަހު، ދިވެހި ސްވިމިން ޓީމުން ތިން ގައުމީ ރެކޯޑު ހަދައިފިއެވެ.

ހޮނިހިރު ދުވަހު ސްވިމިން އިވެންޓްތައް ފަށާފައިވާ އިރު، ފުރަތަމަ އޮތީ ޕްރިލިމިނަރީ ބުރުގެ އިވެންޓްތަކެވެ. ޕްރިލިމިނަރީ ހީޓްތަކުން ކޮލިފައިވެ، ރާއްޖޭގެ އިބްރާހީމް މުބާލާއި ޒައިނަބު އަބްދުﷲ ޝަފީގުގެ އިތުރުން ރިހާން މުހައްމަދު ޝިހާމްވެސް ވަނީ ފައިނަލް ބުރުން ޖާގަ ހޯދައިފައެވެ. 

ޕްލިމިނަރީ ބުރުގައި މުބާލް ވަނީ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑު ހަދައިފައެވެ. އަދި ހަނާން ހުސައިން ހަލީމް ވަނީ އަންހެން 100 މީޓަރު ބަޓަފްލައި އިވެންޓްގައިވެސް ގައުމީ ރެކޯޑު ހަދައިފިއެވެ.

ހަނާން ރެކޯޑު ހެދި އިވެންޓްގައި އޭނާއާއެކު ތިން ފެތުންތެރިން ވާދަކޮށްފައިވާ އިރު، ފައިނަލްއަށް ކޮލިފައިވީ އެއްވަނަ އާއި ދެވަނައަށް ދިޔަ ފެތުންތެރިންނެވެ. ހަނާން ރެކޯޑު ހެދީ ހީޓް، އެއް މިނެޓް 16.45 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މުބާލް ރެކޯޑު ހެދީ 200 މީޓަރު ފިރިހެން ފްރިސްޓައިލް އިވެންޓުގައެވެ. އެ ހީޓްގެ ހަވަނައަށް ނިންމާ މުބާލް ފައިނަލް ހީޓަށް ކޮލިފައިވެފައިވެސްވެފައިވާ އިރު، އޭނާ ހީޓްގެ ރޭސް ނިންމީ ދެ މިނެޓް، 11.57 ސިކުންތުންނެވެ.

ފައިނަލްއަށް ކޮލިފައިވި ޒައިނަބު އަންހެން 50 މީޓަރު ބްރެސްޓްސްޓްރޯކް ރޭސް ނިންމީ ހަތްވަނައިގައި، 37.46 އިންނެވެ. އަދި ދެން ފައިނަލް ހީޓަށް ކޮލިފައިވި ރިހާން 100 މީޓަރު ބަޓަފްލައި ރޭސް ނިންމީ އަށްވަނައިގައި، އެއް މިނެޓް 5.96 ސިކުންތުންނެވެ.

ސްވިމިން ފިރިހެން ރިލޭ ޓީމުން ގައުމީ ރެކޯޑު މުގުރާލާފައިވާ އިރު، އެޓީމުން ރޭސް ނިންމީ، ތިން މިނެޓް 58.33 ސިކުންތުންނެވެ. ފިރިހެން ރިލޭ ޓީމުގެ ފައިނަލް ހީޓް ފުރަތަމަ ޑިސްކޮލިފިކޭޝަނަކަށް ދިޔަ ނަމަވެސް، ފަހުން އެ ނިންމުން ވަނީ އޯވަޓާން ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް