ads
4،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް އެފްޑީސީން ސްޓްރަކްޗާސް އަންލިމިޓެޑާ އެކު ސޮއިކުރަނީ - ފޮޓޯ:އެފްޑީސީ
3.8 ބިލިއަން ރުފިޔާއަށް 4،000 ހައުސިން ޔުނިޓް އަޅަން އެމެރިކާގެ ކުންފުންޏަކަށް
އަތޮޅުތަކާއި މާލޭ ސަރަހައްދުގައި 4،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް 3.8 ބިލިއަން ރުފިޔާއަށް އެމެރިކާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން 4،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓްރަކްޗާސް އަންލިމިޓެޑް ކިޔާ އެމެރިކާގެ ކުންފުންޏަކާ އެވެ. އެފްޑީސީން ވަނީ ސްޓްރަކްޗާސް އަންލިމިޓެޑާ އެކު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފައެވެ.

ހައުސިން ޔުނިޓުތައް އެޅުމުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ސަލްފިޔާ އަންވަރެވެ. ސްޓްރަކްޗާސް އަންލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުއްސަލާމެވެ.

މި ސޯޝަލް ހައުސިން ޔުނިޓުތައް އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައެވެ. އެގޮތުން އައްޑޫ ސިޓީގައި 750 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 500 ހައުސިން ޔުނިޓް، ލ. ގަމުގައި 1،000 ހައުސިން ޔުނިޓް، ކުޅުދުއްފުށި ސިޓީގައި 1،000 ހައުސިން ޔުނިޓް އަދި ގްރޭޓަ މާލެ ސަރަހައްދުގައި 750 ހައުސިން ޔުނިޓް އެޅުމަށް ވަނީ އެއްބަސްވެފައެވެ.

your image4،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ ފަސް ސަރަހައްދެއްގައި - ފޮޓޯ:އެފްޑީސީ

މި އެއްބަސްވުމުގެ ދަށުން ހައުސިން ޔުނިޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފަށާތާ 36 މަސް ދުވަހުގެ ތެރޭގައި އެ މަަަސައްކަތް ނިންމަން ޖެހޭއިރު، މުޅި މަޝްރޫއަށް 249 މިލިއަން އެމެރިކާ ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނެއެވެ. 

ރާއްޖޭގެ ފަސް ސަރަހައްދެއްގައި 4،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ސްޓްރަކްޗާސް އަންލިމިޓެޑާ ހަވާލުކުރިއިރު، ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ ކުންފުންޏަކާ މިފަހުން ވަނީ ހަވާލުކޮށްފައެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވަނީ 2،000 ހައުސިން ޔުނިޓެވެ. އެ ޔުނިޓުތަކަށް އެކަނި ވެސް 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހޭދަކުރާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް