ރާއްޖޭގެ އިގްތިސާދީ ހާލަތާއި އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފެރެންސްގައި ސަރުކާރުން ބުނީ ބިލްތައް ސަބްސިޑައިޒް ކުރާނީ އޭޕްރިލް އަދި މޭ ގައި ކަމަށެވެ.
އެގޮތުން ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތަ ސަބްސިޑައިޒް ކުރުމަށް ވަނީ ނިންމާފަ އެވެ.
"ކުރިއަށް އޮތް ދެ މަހު، އޭޕްރީލްމަހާ މެއި މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަޅުގަނޑުމެން ސަބްސިޑައިޒް ކޮށްދޭނަން. އަދި ފެން ބިލް، އޭޕްރީލް އަދި މެއި މަހު 30 ޕަސެންޓް އަޅުގަނޑުމެން ސަބްސިޑައިޒް ކޮށްދޭނަން،" އެ ޕްރސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;