ads
ރައީސް ސޯލިހު ކުޅުދުއްފުށީގައި---ފޮޓޯ:އެމްޑީޕީ
ދިގު ސަފަކާއެކު ކުޅުދުއްފުށިން ރައީސަށް ބޮޑު ތަރުހީބެއް
ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ނުކުމެ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުއެވެ. އެމަނިކުފާނު ކުޅުދުއްފުއްޓަށް މި ވަޑައިގެންނެވީ ކެމްޕޭނުގައި ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށްފަހު ހދ.އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުގައެވެ. 

ރައީސް ސޯލިހު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ އިރު މިއީ އެއްވެފައި ތިބި މީހުންނާއި ސަލާމު ކުރެއްވުމުގައި އެކަނި ވެސް އެމަނިކުފާނު ގަޑިއެއްހާ އިރު ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. 

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކުޅުދުއްފުށި ސިޓީގެ މެންބަރަކާއި އެސިޓީގެ މޭޔަރާއި ބައެއް ކައުންސިލަރުން މީގެ ކުރިން ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވިއެވެ. ނަމަވެސް ފަހުން އެބޭފުޅުންވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ. 

ރައީސް ސޯލިހަށް ކުޅުދުއްފުށި ސިޓީގެ އިތުރުން ދާދި ފަހުން ސިޓީއެއްގެ ދަރަޖަ ދީފައިވާ ތިނަދޫއިން ވެސް ވަނީ ދުވަހަކު ރައީސަކަށް ނުކިޔާ ވަރުގެ މަރުހަބާއެއް ކިޔާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް