ads
ދީޕިކާ---
ބަނޑުބޮޑު ކަމަށް ދެއްކި ވާހަކައަށް ދީޕިކާގެ ވަރުގަދަ ރައްދެއް!
ބޮލީވުޑު މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޮން ބަނޑު ބޮޑުކަމަށް ދެއްކި ވާހަކަ އޭނާ ވަރުގަދަ ރައްދެއް ދީފިއެވެ.
ބޮލީވުޑު މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަޑުކޮން ބަނޑު ބޮޑުކަމަށް ދެއްކި ވާހަކަ އޭނާ ވަރުގަދަ ރައްދެއް ދީފިއެވެ.

ދީޕިކާގެ ކުރިއަށް އޮތް ފިލްމު "ޗަޕާކް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ދީޕިކާ ބުނީ ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަ ތަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެގޮތުން މީހުން ކޮށްފަ ހުންނަ ކޮމެންޓު އެއްޗެހި ވެސް ނުކިޔާ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދީޕިކާ ބުނީ ކޮންމެ ކަމެއް ވީނަމަވެސް ފުރަތަމަ އިނގޭނީ އޭނާއަށް ކަމަށާއި އޭނާއަށް އަށް ވުރެ ބޮޑަށް އޭނާ އެނގޭނެ މީހަކު ނުހުންނާނެ ކަމަށެވެ.

އިޓަލީގައި ބޭއްވި ވަރަށް ޕްރައިވެޓް ހަފުލާއެއްގެ ތެރެއިން ދީޕިކާ އާއި ރަންވީރު ސިންގް ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެދމީހުންނަށް މީގެ ކުރިން ވެސް ދަރިއަކު ލިބެން އުޅޭކަމަށް އަޑުތައް ވަނީ އަރާފައެވެ.

އޭރު ދީޕިކާ ބުނީ އޭނާ އަދި އޭނާގެ ފިރިމީހާ (ރަންވީރު) އަކީ ވެސް ކުޑަ ކުދިން ދެކެ ވަރަށް ލޯބިވާ ބައެއް ނަމަވެސް އަދި ބޭނުންވަނީ ކެރިއަރަށް ފޯކަސް ކުރަން ކަމަށެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕަދްމާވަތު" އިންނެވެ. ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް