ads
ކުޅުދުއްފުށީ ބައިކަޅު ކެފޭގެ ކުރީގެ ފޮޓޯއެއް
ކުޅުދުއްފުށީގައި ތޫނު ހަތިޔާރުން ބިރުދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށީގައި ސައި ހޮޓަލެއްގެ ތެރޭގައި ތޫނު ހަތިޔާރުން ބިރު ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައި ހޮޓަލެއްގެ ތެރޭގައި ތޫނު ހަތިޔާރަކުން ބިރު ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް މީހެކެވެ. އުމުރުން 29 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކޮށް ކުޅުދުއްފުށީ ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. 

މި މައްސަލަައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ކޯޓަށް ހެކި ހުށަހަޅާފައިވާކަން ބަންދު އަމުރު ރިޕޯޓުން އެނގެއެވެ. އޭގެ ތެރޭގައި ހާދިސާ ހިނގިއިރު އެތަނުގައި ތިބި ދެ މީހެއްގެ ބަޔާން ހިމެނޭކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މި މައްސަލަައިގައި ފުލުހުން ކުރާ ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާ އިންކާރުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ ބުނެފައިވަނީ އެކަމަކީ، ބިރުގެންފައި ހުރުމުން ނަފްސުގެ ދިފާއުގައި ކުރެވުނު ކަމެއް ކަމަށެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގައި ސައި ހޮޓަލެއްގައި ބިދޭސީންގެ މެދުގައި ހިނގި ހަމަ ނުޖެހުމެއްގައި މީހަކު މަރުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް