ads
އެމްއެފްޑީއޭ އިން އާއްމުކޮށްފައިވާ ބެޗް ނަމްބަރު
ތަޣައްޔަރުވެފައިވާ ބޭސް ތަކެއް އުޅޭތީ ސަމާލުވާން އެދެފި
އިޓަލީ ވިލާތުގެ ކުންފުންޏެއް ކަމަށްވާ ޖެންޓިއަމް އެސްއާރުއެލް ނަމަކަށް ކިޔުނު ކުންފުންޏަކުން އުފައްދާފައިވާ "ޑެފިޓެލިއޯ" ނަމަކަށް ކިޔާ ބޭހެއްގެ ތަޣައްޔަރުވެފައިވާ ބެޗް ތަކެއް އުޅޭތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރެފައިވާ އެލާޓެއްްގައި ބުނެފައިވަނީ، "ޑެފިޓެލިއޯ" ނަމަކަށް ކިޔާ ބޭހެއްގެ ތަޣައްޔަރުވެފައިވާ ބެޗްތަކެއް ޔޫރަޕްގެ ތުރުކީ އާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންޑިއާގައި ދައުރުވަމުންދާ ކަމަށް ބުނެ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއު އެޗް އޯ) ގެ އެލާޓް އަކުން އަންގާފައިވާތީވެ، އެކަމަށް ސަމާލުވުމަށް އަންގާ ކަމަށެވެ.

މިީގެ އިތުރުން މީގެ ކުރިން ވެސް މި ބޭހުގެ ތަޣައްޔަރުވެފައިވާ ބެޗެއް ޔުނައިޓެޑް އެރެބް އެމިރޭޓްސް އިންނާއި ކިރިގިސްތާނުން ފެނިފައިވާތީވެ، ޑަބްލިއު އެޗް އޯ އިން އެލާޓެއް ނެރެފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

މި ބޭހަކީ ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި ނުވަތަ އަމިއްލަގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަ، އެމްއެފްޑީއޭ އިން އާއްމުކޮށްފައިވާ ބެޗް ނަމްބަރަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް