ads
އިއާދު މިރޭގެ ޖަލުސާގައި ވާހަކަ ދައްކަވަނީ---
ރާއްޖޭގެ އަމާންކަން ދެމެހެއްޓޭނީ ރައީސް ސޯލިހަށް: އިއާދު
ރާއްޖޭގެ އަމާންކަން ދެން ވެސް ދެމެހެއްޓޭނީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޯލިޝަނުން މިރޭ ސޯސަން މަގުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އިއާދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހިންގެ ކުރިމަތީގައި އޮތީ ދެ ސުވާލެއް ކަމަށެވެ. އެއީ އުފާވެރި އަމާން ރާއްޖެއަށް ދާނީތޯ ނުވަތަ އަނިޔާވެރި މާޒީއަށް ދާނީތޯ އޮތް ސުވާލު ކަމަށް އިއާދު ވިދާޅުވިއެވެ. 

2018 ގެ ކުރިން ރާއްޖޭގެ މަސްރަހު އޮތް ގޮތަށް އިޝާރާތް ކުރައްވާ އިއާދު ވިދާޅުވީ އަނިޔާވެރިކަން އިއާދަވާން އެއްވެސް މީހަކު ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖެ އަނިޔާވެރިކަމުގެ ތުންފަތްމަތިން ދިވެހިން ސަލާމަތްކޮށްދޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އިއާދު ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖެ ހަމަމަގަށް އަޅުވައި ކުށް މަދުކޮށް، އަމާންކަން ގާއިމުކޮށްދީފައިވާކަން ފާހަގަ ކުރައްވާ އިއާދު ވިދާޅުވީ ދެން ވެސް ރާއްޖޭގެ އަމާންކަން ދެމެހެއްޓޭނީ ރައީސް ސޯލިހަށް ކަމަށެވެ. 

އިންތިހާބުގެ ދެވަނަ ބުރަށް ކުރަން ޖެހޭ މަސައްކަތް ބޮޑު ނަމަވެސް ކަށީން ހިތްވަރު ނެރެ، އެއް އަމާޒަކަށް އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ އިންތިހާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް އިއާދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް