ads
ސްޓެލްކޯއިން އެމްޑަބްލިއުއެސްސީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުން ބަދަލުކުރަނީ - ފޮޓޯ:އެމްޑަބްލިއުއެސްސީ
ސްޓެލްކޯއިން އެމްޑަބްލިއުއެސްސީއަށް ކަރަންޓު ފޯރުކޮށްދެނީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފޯރުކޮށްދެމުން އަންނަ ކަރަންޓު ހިދުމަތް މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

އެމްޑަބްލިއުއެސްސީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރެވެނީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ހަރުދަނާ ސިޔާސަތުތަކާއި މުވައްޒަފުން ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާގެ ސަބަބުން ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރު ސެޓް ބޭނުންކޮށްގެން ކަރަންޓު އުފައްދަމުންގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން އެ ގްރިޑަށް ބަރޯސާވުން އިތުރުވެފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯއިން މިފަހުން ވަނީ ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އެންސިސް ކުންފުންޏާ އެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އެންސިސް ކުންފުނީގެ ފެކްޓްރީތަކުން ބޭނުން ކުރަމުން އައި އަމިއްލަ ޖަނަރޭޓަރު ނިއްވާލައި ސްޓެލްކޯގެ ކަރަންޓަށް ވަނީ ބަދަލުކޮށްފައެވެ.

ސިނަމާލެ ބްރިޖް މެދުވެރިކޮށް ސްޓެލްކޯއިން އަންނަނީ ހުޅުމާލޭން މާލެއަށް ކަރަންޓު ފޯރުކޮށްދެމުންނެވެ. މި ހިދުމަތް ދިނުމަށް އެ ކުންފުނިން ވަނީ ހުޅުމާލޭގައި 100 މެގަވޮޓުގެ އިންޖީނުގެއެއް ހަދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް