ads
އާޔޫޝް އާއި އޭނާގެ އަންހެނުން އަދި ދަރިން---
ގިނަ ބައެއްގެ ސަމާލުކަން މިފޮޓޯތަަކަށް!
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސަލްމާން ހާނުގެ ކޮއްކޮ، އަރްޕިތާ ހާނާނުގެ ފިރިމީހާ އަދި އެކްޓަރު އާޔޫޝް ޝަރުމާ ހިއްސާކުރި ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް އާޔޫޝް ހިއްސާކޮސްފައިވާ އެފޮޓޯއިން ފެނިގެންދަނީ އާޔޫޝް އާއި އަރްޕިތާ އަދި އެދެމީހުންގެ ދެ ދަރިންނެވެ. ގިނަ ބަޔަކަށް އެފޮޓޯ ކަމުގޮސްފައިވާއިރު ގިނަ މީހުން ބުނަނީ އެފޮޓޯތަކަކީ ވަރަށް ފުރިހަމަ ފޮޓޯތަކެއް ކަމަށެވެ. 

އުމުރުން 29 އަހަރުގެ އަރްޕިތާ އާއި 28 އަހަރުގެ އާޔޫޝް ، ކައިވެނި ކުރީ 2014 ވަނަ އަހަރުގަ އެވެ. އެދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި ދެވަނަ ދަރިފުޅު ލިބިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ ސަލްމާނުގެ އުފަންދުވަސް ވެސް މެއެވެ.

އަރްޕިތާއަކީ، ސަލްމާން ހާނުގެ މައިންބަފައިން އެޑޮޕްޓް ކުރި ކުއްޖެކެވެ. އޭގެ ފަހުން އެ އާއިލާއާއެކު އަރްޕިތާ ދިރިއުޅެމުން އަންނައިރު ސަލްމާން ހާނުގެ އެއްބަނޑު އެއްބަފައި އެންމެން ވެސް ދެކެމުން އަންނަނީ އަރްޕިތާއަކީ އާއިލާ މެމްބަރެއްގެ ގޮތުގަ އެވެ.

އަރްޕިތާއާ އަޔޫޝް ކައިވެނި ކުރުމާއެކު ސަލްމާން ވަނީ އަޔޫޝް ބޮލީވުޑަށް ވެސް ތައާރަފުކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް