ads
ޕްރެސް ކޮންފަރެންސެއްގެ ތެރެއިން: ފޮޓޯ ސަން
މީޑިއާތަކުން ކެމްޕޭނު ކުރާނަމަ ރިޕޯޓުކުރަން އެދިއްޖެ
ދިވެހި މީޑިއާތަކުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ ގާނޫނީގޮތުން މަނާ ވަގުތުގަ ކެމްޕޭނުކުރާނަމަ ރިޕޯޓުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެއެވެ.

މިއަދު އެމްއެމްސީން ނެރުނު ބަޔާނުގަ ބުނީ، ރިޔާސީ އިންތިހާބު 2023 އާއި ގުޅޭ ހަބަރުތައް ގެނެސްދިނުމައި، ކެމްޕެއިން ކުރުން މަނާ ގަޑީގައި އިންތިހާބުތަކާބެހޭ އާންމު ގާނޫނު ގެ 44 ވަނަ މާއްދާ އާއި ހިލާފަށް އެއްވެސް މީޑިއާއަކުން އަމަލު ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާކަމަށެވެ. 

އެކައުންސިލުން ބުނީ ރިޔާސީ އިންތިހާބު 2023 ގެ ދެ ވަނަ ބުރުގައި، ކެމްޕެއިން ކުރުން މަނާ ގަޑިކަމުގައިވާ، 29 ސެޕްޓެމްބަރު 2023 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 ން ފެށިގެން 01 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާ އާއި ހިލާފަށް އެއްވެސް ކޮންޓެންޓެއް ގެނެސްދޭތޯ، އެ ކައުންސިލް އިން މޮނީޓަރކުރަމުންދާނެކަމަށެވެ. 

"މިފަދައިން އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" މީޑިއާކައުންސިލްގެ ބަޔާނުގަ މިއަދު ބުންޏެވެ.

މީޑިއާތަކުން މިފަދައިން އަމަލުކުރާކަން އެއްވެސް ފަރާތަކަށް ފާހަގަވާނަމަ އެ ކައުންސިލްގެ ހޮޓްލައިން ނަންބަރު 7967919 އަށް ރިޕޯޓުކޮށްދެއްވުން އެދޭކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް