ads
ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު: ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސްްއިން ބައިވެރިވާނެ ކަމަށް - ފޮޓޯ:ޑިމޮކްރެޓްސް
ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސްްއިން ބައިވެރިވާނެ: ހަސަން ލަތީފު
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން މިރޭ އެކްސްގައި ވިދާޅުވީ ދެން އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްްސްއިން ބައިވެރިވާނެ ކަަަމަށެވެ.

އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ހަސަން ނުއެއް ދެއްވައެވެ. އަދި އެކަމާ ބެހޭގޮތުން ޕީއެންސީއިން އަދި ބަހެއް ހާމަކޮށްފައެއް ނުވެއެވެެ.

އެމްޑިޕީ ދެބައިވެގެން އުފެދުނު ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ހޯދިއެވެ. ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުުގެ ބައްދަލުވުމަކުން ފުރަތަމަ ނިންމާފައިވަނީ ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކުރަން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ. 

އެގޮތުން ވެެރިކަން ކުރާ އެމްޑީޕީ އަދި ވާދަވެެރި ޕީޕީއެމް އާއެކު މަޝްވަރާ ކުރުމަށް އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެ ޕާޓީން ވަނީ ނެގިއެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގައި ކުރިއެރުންތަކެއް ނުލިބިވަނިކޮށް، އެފަހުން އެ ޕާޓީން ވަނީ އެމްޑީޕީއަށާއި ޕީޕީއެމްއަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެހެންނަމަވެސް، އެކަމުންވެސް އަލިމަގެއް ނުފެނުމުން ޑިމޮކްރެޓުންގެ އިންޓެރިމް ކައުންސިލުން ނިންމާފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެހެންނަމަވެސް ޑިމޮކްރެޓްސްގެ މެންބަރުން އަމިއްލަގޮތުން ޑރ. މުއިއްޒަށް ތާއީދުކުރިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ލީ މީހުންގެ 54 އިންސައްތައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 45 އިންސައްތަ ވޯޓެވެ. އެއީ 109،868 ވޯޓެވެ. މިފަހަރު 282،804 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު، 246،915 މީހުން ވޯޓު ލާފައިވާ ކަމަށް އީސީން ބުނެއެވެ. އީސީން ބުނީ އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 87.3 އިންސައްތަ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް