ads
ކޮރޮނޯ ވައިރަހަށް 20 ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަނީ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންނަނީ ކޮރޯނާ ވައިރަހަށް ތަފާތު 20 ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ ސައިންޓިސްޓުންނާއެކު ގިނަ ވެކްސިންތަކެއް ހެދުމުގެ މަސައްކަތް ފަށައި ބައެއް ވެކްސިންތައް މިހާރު މިވަނީ 60 ދުވަހުގެ ތެރޭގައި ކްލިނިކަލް ޓްރައަލްސް އާއި ހަމައަށް ގޮސްފަ އެވެ.

ޑަބްލިއުއެޗްއޯގެ އެމެޖެންސީ ޕްރޮގްރާމްގެ ޓެކްނިކަލް ލީޑް، ޑރ.މާރިއާ ވާން ކެރްޙޯވް ވިދާޅުވެފައި ވަނީ މި މަސައްކަތް މިހާ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ސާސް އަދި މާސް ފަދަ ބަލިތަކަށް ތައްޔާރުކުރި ވެކްސިންތަކަށް ބޭހަކަށް ބޭނުންކުރުމުން މި މަސައްކަތް ފަސޭހަވެގެންދާނެ ކަމަށެވެ.

އެހެންނަމަވެސް ޑަބްލިއުއެޗްއޯ އިން ވަނީ ވަކްސިންތައް ޓެސްޓް ކުރެވެން ފެށުނު ނަމަވެސް އަދި ބޭނުން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ވައިރަސް ހެދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ރަނގަޅު ވެކްސިނެއް މާކެޓަށް ނެރުމަށް އަދި 18 މަސް ދުވަސް ނަގާނެ ކަމަށް ބުނެފަ އެވެ.  

ޑަބްލިއުއެޗްއޯގެ އެމެޖެންސީ ޕްރޮގްރާމްގެ އެކްސެކިއުޓިވް ޑިރެކްޓާ، ޑރ. މައިކް ރިޔާން ވަނީ ވެކްސިން ޓެސްޓް ކުރުމުގެ ޓްރައަލްތައް ފާހަގަކުރައްވާ، ނުރައްކާތެރި ވައިރަހަކަށް ވުރެ ނުރައްކާތެރި އެއްޗަކީ ނުބައި ވެކްސިނެއް ކަމުގައި ވިދާޅުވެފަ އެވެ. އެހެން ކަމުން ވެކްސިނެއް ތައްޔާރު ކުރުމުގައި ވަރަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިނެއް ހެދިއްޖެ ހާލުގައި ވެކްސިނަކީ ހުރިހާ ފަރާތްތަކަށް ވެސް އަތްފޯރާފަށުގައި ލިބެން ހުންނަ ވެކްސިނަކަށް ވާންޖެހޭ ކަމުގައި ވެސް ރިޔާން ވަނީ ވިދާޅުވެފަ އެވެ. އަދި މިގޮތަށް ކަން ވުމައްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރުމުގެ މަސައްކަތް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ކުރައްވަމުން ގެންދަވާކަމަށް ވެސް ރިޔާން ފާހަގަކުރެއްވި އެވެ.

ޓެޑްރޮސް ވަނީ ވެކްސިން ވެގެންދާންވާނީ ހުރިހާ އެންމެންނަށް ވެސް ލިބިގެންދާނެ ވެކްސިނަކަށް ކަމަށާއި މި ކަން މިގޮތަށް ކުރުމުގެ މަސައްކަތް ދުރާލާ ފަށަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 މިހާރު 275،452 މީހުންނަށް ޖެހިފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް