ads
ބަންގުލަދޭޝް މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއް ބަލަނީ
ބަންގުލަދޭޝް މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއް ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ބަންގުލަދޭޝް ފިރިހެނެއް މާލޭ ގެއެއްގެ ތެރޭގައި ހިފަހައްޓައި އޭނާ އަތުން ފައިސާ ފޭރުނު މައްސަލައެއް ބަލަމުން އަންނަކަމަށެވެ. 

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 22:31 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. 

އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ ބަންގުލަދޭޝް މީހާ އަމިއްލައަށް ސަލާމަތްވެގެން ގެއެއްގެ ފުރާޅެއް މަތީ ރޯން ހުއްޓާ ބަޔަަކަށް ފެނިގެން ކަމަށް މައުލޫމާތު ލިބެއެވެ. 

އަދި މިހާތަނަށް އެމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. 

ފަހަކަށް އައިސް މާލޭގައި މީހުން ރަހީނުކޮށް ފޭރޭ މައްސަލަ އަންނަނީ އިތުރުވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް